ads
ނީލަމް ރިނބުދޫގައި
ނީލަމްގެ އާއި އޭނާގެ ފިރިމީހާ އަދި ދަރިފުޅު ރިނބުދޫގައި
ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވެގެން ދިޔަ ބޮލީވުޑު އެކްޓްރެެސް ނީލަމް ކޮތާރީ އާއި އޭނާގެ ފިރިމީހާ ސާމިރު ސޯނީ އަދި ދަރިފުޅު އަހާނީ ސޯނީ ރާއްޖެއައީ މީގެ ދެތިން ދުވަސްކުރިންނެވެ.

ނ. އަތޮޅުގައި އޮންނަ މޫވެންއެންޑްޕިކް ކުރެދިވަރު މޯލްޑިވްސްގައި ޗުއްޓީހޭދަކުރުމަށްފަހު، ދ. އަތޮޅުގައި އޮންނަ ބެގްލިއޯނީ ރިސޯޓު މޯލްޑިވްސްގައި ވެސް އެމީހުންވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ. މީގެ ދެދުވަސް ކުރިން އެ ރިސޯޓުގައި ތިބިމަށްފަހު އެއާއިލާ ރިނބުދޫއަށް ދިޔައީ "ޖްވެލަރީ އައިލެންޑް" ޓީމުން އޯގަނައިޒްކުރި ދަތުރެއްގަ އެވެ. 

އެ ދަތުރުގައި ރިނބުދޫއަށް މިއަދު އެއާއިލާއިން ޒިޔާރާތްކުރުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެގޮތުން ރާއްޖޭގެ ރަށްފުށުގެ އެންމެ ކުރީގެ ސަގާފީ އެކި މަސައްކަތް ކުރާގޮތް ދައްކާލުންވެސް މި ދަތުރުގައި އޮތެވެ.

ނީލަމް ފިލްމީ ދުނިޔެއަށް ތައާރަފްވީ 1984 ގައި ރިލީޒް ކުރި "ޖަވާނީ" އިންނެވެ. އަދި އޭނާ މިފަހުން ފެނިގެން ދިޔައީ ނެޓްފްލިކްސް އިން ދެއްކި ރިއަލިޓީ ޝޯއެއް ކަމަށްވާ ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިފްސް އިން ނެވެ. އެގޮތުން މި ޝޯގައި އޭނާ ވަނީ އަނބުރާ ފިލްމީ ދުނިޔެއަށް އަންނަ ކަމުގެ ވާހަކަތަކެއް ދައްކާފަ އެވެ.

73%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް