ބުދަ ދުވަހު ހަވީރު ކުޅުނު މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. ތިން ލަނޑު އެއް ލަނޑުން ގްރީން މޮޅުވިއިރު ގްރީންގެ ފުރަތަމަ ލަނޑަކީ، ކެޕްޓަން ރިލްވާން ވަހީދު ޖެހި އާދަޔާ ހިލާފު މޮޅު ލަނޑެކެވެ. ހާފުގެ މެދެއްހާ ހިސާބުން ހަމަ ޖެހިލާފައި ރިލޭ ފޮނުވާލު ޝޮޓު ގޮސް ގޯލުގެ ތެރެއަށް އޮއްސުނީ ކީޕަރު ނުކުމެ ހުއްޓާ އޭނާގެ ބޯ މަތިންނެވެ. ގްރީންގެ އަނެއް ދެ ލަނޑު ޖެހީ އަންސަރު އަދި އަވީލާއެވެ. ސުޕަރ ޔުނައިޓެޑުން އެ ޓީމުގެ ލަނޑު ޖެހީ އަހްމަދު އައިހަމްއެވެ.
ސުޕަރ ޔުނައިޓެޑު އަތުން ހޯދި ތިން ލަނޑާ، ތިން ޕޮއިންޓާއެކު ގްރީން ސްޓްރީޓްސްއަށްވަނީ ސާދަ ޕޮއިންޓް ލިބިފައެވެ. އެއީ ތޭރަ މެޗުންނެވެ.