ads
ޝެއިހް ނިޝާން އަދި ޝެއިހް ފަޒްލޫން
މުޒާހަރާ އާއި ގުޅިގެން ޝެއިހް ފަޒްލޫން އަދި ޝެއިހް ނިޝާން ހައްޔަރުކޮށްފި
ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަ ކުރުމަށް އިއްޔެ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވާ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް ފަޒްލޫން ބިން މުހައްމަދު އާއި ޝެއިހް އާދަމް ނިޝާން ހައްޔަރު ކޮށްފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ޝައިހް ފަޒްލޫން ހައްޔަރު ކޮށްފައިވަނީ އޭނާ ދިރިއުޅުއްވަމުން ގެންދެވި ރެހެންދި ފުލެޓުންނެވެ. އަދި ޝެއިހް ނިޝާން ހައްޔަރުކޮށްފައި ވަނީ،  އޭނާ އިޝާ ނަމާދަށް ދިއުމަށް ނިކުތް ވަގުތު އެވެ.

މި މައްސަލަ އާއި ގުޅިގެން ދީނީ ދެ ޢިލްމުވެރިޔަކު ހައްޔަރުކޮށްފައި ވާއިރު، މި މައްސަލަ އާއި ގުޅިގެން މިއަދު ފުލުހުން ވަނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ހައްޔަރުކޮށްފަ އެވެ. 

މީގެ އިތުރުން މި މައްސަލަ އާއި ގުޅިގެން އިއްޔެގެ ހެނދުނު ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. 

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ނުވަ މީހަކު ހައްޔަރު ކޮށްފައިވާ އިރު، ޔޯގާ ޑޭ ހަރަކާތަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގި މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް