ads
ވެކްސިން ޖެހުމަށް މީހުން ކިއުގައި
ރާއްޖޭގައި ކޮވިޑުގެ ހަތަރުވަނަ ޑޯޒެއް ޖަހަން ނިންމައިފި
ރާއްޖޭގައި ކޮވިޑުގެ ހަތަރުވަނަ ޑޯޒެއް ޖަހަން ނިންމައިފި އެވެ.

އަދި ކުޑަކުދިންނަށް ތިންވަނަ ޑޯޒް ޖަހަން ފެށުމަށް ވެސް މިރޭ އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.

އެޗްޕީއޭއިން ދާދި ދެންމެއަކު އިއުލާންކުރި ގޮތުގައި، ހަތަރުވަނަ ޑޯޒް(ބޫސްޓަ ޑޯޒްގެ ދެވަަނަ ޑޯޒް) ޖަހާނީ، ކޮވިޑް-19 ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ 18 އަހަރާއި 65 އަހަރާއިދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުން ނުވަތަ ދާއީމީ ބޮޑު ބައްޔަކަށް ބޭސްކުރަމުންދާ މީހުންނަށެވެ. 

އެމީހުންނަށް ހަތަރުވަނަ ޑޯޒް ދޭނީ ފުރަތަމަ ބޫސްޓަ ޑޯޒް(ތިންވަނަ ބޫސްޓަ) ޖަހާފަވާތާ ހަތަރުމަސް ވެފަވާ މީހުންނަށެވެ. މިމީހުނަށް ދޭނީ ފައިޒާ ވެކްސިނެވެ.

އަދި ތިންވަނަ ޑޯޒު ކުޑަކުދިންނަށް ދޭން ނިންމާފަވަނީ، 12 އަހަރާއި 17އަހަރާއި ދެމެދުގެ ކުދިންނަށެވެ. އެއީ ދެވަނަ ޑޯޒް ފުރިހަމަކޮށްފަވާތާ ހަ މަަސްވެފަވާ ކުދިންނަށެވެ. 

ކުޑަކުދިންނަށް ތިންވަނަ ޑޯޒް، އަދި ބޮޑެތި މީހުންނަށް ހަތަރުވަނަ ޑޯޒް މާދަމާއިން ފެށިގެން ޖަހަން ފަށާނެވެ.

ރާއްޖޭގައި ހަތަރުވަނަ ޑޯޒް ޖަހަންފެށިއިރު، ރޭ އެޗްޕީއޭއިން ވަނީ ކޮވިޑުގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވަމުންދާތީ، މާސްކުއެޅުމާއި، ދަތުރުކުރުމުގެ ކުރިން ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް