މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް
ގެއްލުމުގެ ބަދަލުގެ ގޮތުގައި 46،451 ރުފިޔާ ދޭން ސިޓީ ކައުންސިލަށް އަމުރުކޮށްފި
Share
މާލޭ ސިޓީ ކައުންސިލުގައި ވަޒީފާއަދާކުރަމުންދިޔަ މީހަކު ގާނޫނާއި ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލުގައި 46،451 ރުފިޔާ ދިނުމަށް ވަޒީފާއާބެހޭ ޓަރއިބިއުނަލް އިން މާލޭސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވަނީ އެކައުންސިލްގެ ސިސްޓަމް އެޑްމިނިސްޓްރޭޓާއެއްގެ ގޮތުގައި ވަޒީފާއަދާކުރަމުންދިޔަ އަބުދުﷲ މުއިއްޒު އަހުމަދު ކިޔާ މީހެކެވެ. މުއިއްޒު ވަޒީފާއިން ވަކިކޮށްފައިވަނީ އަނގަބަހުން ނެވެ.

ސިޓީ ކައުންސިލްގެ ކޮންޓްރެކްޓް ވަޒީފާއިން މުއިއްޒު ވަކިކޮށްފައިވަނީ 18 އޮކްޓޫބަރު 2021 ވަނަ ދުވަހުގަ އެވެ. ކޮންޓްރެކްޓުގެ މުއްދަތު ހަމަވާ ތާރީހަކީ 27 ޖެނުއަރީ 2022 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރައިބިއުނަލްގެ ހުކުމުގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރުމަށް އެއްވެސް އުސޫލެއް ނެތި އިންޒާރަކާއި ނުލައި ވަޒީފާއާ ގުޅުމެއްނެތް އެހެން ބައެއްގެ ތުހުމަތަކަށް މުއިއްޒު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާއި ހިލާފަށް ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ ވަޒީފާ ވަޒީފާގެ މުއްދަތުގައި ބާކީ ހުރި ދުވަސްތަކުގައި އަލުން ވަޒީފާ ދިނުމަށާއި، އެއްވެސް ނޯޓިސް އަކާއި ނުލައި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލުގެ ގޮތުން ވަޒީފާ އަދާކުރަމުންދިޔަ ދުވަސްތަކުގައި ލިބުނު މުސާރަ އާއި އިތުރު ގަޑީގެ ފައިސާ އަދި އެހެނިހެން އިނާޔަތުގެ ގޮތުގައި 46،451، 21 ދުވަހުގެ ތެެރޭގައި ދިނުމަށް ސިޓީ ކައުންސިލުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް