ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ޖިނާއީ ކުށަކަށް ހަދަނީ
ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް އެޓާނީޖެނަރަލުގެ އޮފީހުން ފޮނުވައިފި އެވެ.

އެޓާނީ ޖެނަރަލް އޮފީހުން ބުނީ، ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގެ ޤާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި، ރައްކާތެރިކަމާއި، އަހްލާގީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

 މި އިސްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފަވާ މައިގަނޑު ކަންތައްތައް:

  • އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލުގެނައުން
  • އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން

މިފަދަ އިސްލާހެއް ގެންނަން އެޓާނީ ޖެނަރަލްގެ އޮފީހުން ހުށަހަޅާފަމިވަނީ، އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ބަޔަކު ހުރަސް އަޅާ، އެތަނުގެ ތެރެއަށް ވަދެގަނެ، ބޭރުގެ ސަފީރުންނާއި، ޑިޕޮލޮމޭޓުންނަށް އަމާޒުކޮށް ހަމަލާތަކެއް ދީ ހަމަނުޖެހުން ހިންގި މައްސަލަ ބޮޑުވެ، އެމައްސަލައިގައި ސީރިއަސް ފިޔަވަޅުތަކެއް ސަރުކާރުން އަަޅަމުންދާ ދަނޑިވަޅެއްގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް