ads
ސްކޫލު ކުދިންތަކެއް ރިޕޯޓް ފޮތް ބަލަނީ: ދިރާސީ އަހަރުގެ ފޮތް ދޫކުރުން މިއަދު ވަނީ ފަށާފަ
މިފަހަރު ފޮތް ދޫކުރަނީ ހުރިހާ މައްސަލަތަކެއް ރަނގަޅު ކުރުމަށް ފަހު: އެޑިއުކޭޝަން
ކުރިއަށް އޮތް ދިރާސީ އަހަރަށް ސްކޫލް ދަރިވަރުންނަށް ފޮތް ދޫކުރުން އެޑިއުކޭޝަން މިނިސްޓްރީ މިއަދު ފަށައިފި އެވެ.
Advertisement

ސްކޫލު ދަރިވަރުންނަށް ފޮތް ދޫކުރުން ކުރިއަށްގެންދަނީ ކުރީގެ އަރަބިއްޔާ ސްކޫލު އިމާރާތުގަ އެވެ.  

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގައި ގްރޭޑް 2 އަދި ގްރޭޑް 12އިގެ ގްރުއާން ފޮތް ޗާޕުކުރުމުގައި ބައެއް މައްސަލަތައް ހުރިކަން ވަނީ ފާހަގަވެފަ އެވެ. އަދި އިސްލާމް ފޮތްކުގައި ވެސް ބައެއް މައްސަލަތައް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ. 

your imageސްކޫލް ކުދިންތަކެއް.. ދިރާސީ އަހަރުގެ ފޮތް ދޫކުރުން މިއަދު ވަނީ ފަށާފަ

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަރަބިއްޔާ ސްކޫލުގައި މީޑިޔާއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހްމަދު އަލީ ވިދާޅުވީ، މިިދިޔަ އަހަރު ދިމާވި މައްސަލަތަކުގެ ސަބަބުން މި އަހަރު ފޮތްތައް ޗާޕްކުރުމުގެ ކުރިން ބަލާ ޗެކް ކުރި ކަމަށެވެ. 

your imageސްކޫލު ކުދިންތަކެއް..

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިފަހަރު ފޮތް ޗާޕުކުރުމުގެ ކުރިން ރަގަޅު ކުރުމަށްޓަކައި ބަލަންޖެހޭ ހުރިހައި ކަމެއް ބަލާނެ ކަމަށާއި، ފޮތްތައް ޗާޕުކުރުމަށްފަހު އެފޮތެއް ހިމެނޭ ދާއިރާއަކުން ފޮތް ނެރުމުގެ ކުރިން އެޕްރޫވަލް ހޯދާނެ ކަމަށެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ދިރާސީ އަހަރު ފެށޭއިރަށް ހުރިހާ ދަރިވަރުންނަށް ފޮތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް