ads
ޑަކް ޑޮކްލެންޑްސްއިން ތަރައްގީކުރާ މޯލްޑިވްސް ފްލޯޓިންގް ސިޓީގެ ރެންޑަރިންތަކެއް --- ފޮޓޯ: މޯލްޑިވްސް ފްލޯޓިންގް ސިޓީ
މާލެ އަތޮޅުން ދޫކުރި ފަޅުތަކުގެ މައްސަލަ ސީރިއަސްކޮށް ބަލާނަން: އަލީ ހުސެއިން
އެކުއިޒިޝަން ކޯސްޓެއްނެތި މާލެއަތޮޅުން ފަޅުތަކެއް ބަޔަކަށް ދިން މައްސަލަ ބަލާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
Advertisement

އަލީ ހުސެއިން ވިދާޅުވީ އެކުއިޒިޝަން ކޯސްޓެއްނެތި ޑަޗް ޑޮކްލޭންޑަށް މާލެއަތޮޅުން ފަޅުތަކެއް ބަޔަކަށް ދިނުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ. 

މި މަސްރޫއު ހިންގުމަށް މާލެ އަތޮޅުން ފަސް ފަޅެއް ވަނީ ޑަޗް ޑޮކްލެންޑްސް ކުންފުންޏަށްދީފަ އެވެ. 

އަލީ ހުސެއިން ވިދާޅުވީ އަދި އެފަޅުތައް އެހެންފަރާތަކަށް ވިއްކާލުމުގެ ފުރުސަތުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، މިއިން ނާޖާއިޒު ފައިދާ ހޯދައިދިން ފަރާތްތަކާއި، އަދި މިކަމުގައި ޝާމިލްވެފައިވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. 

your imageޑަޗް ޑޮކްލެންޑްސް ކުންފުނީގެ ވެރިންނާއެކު ރައީސް ނަޝީދު

ޑަޗް ޑޮކްލޭންޑް ޕްރޮޖެކްޓަކީ ނެދަލެންޑްސްގެ އީޖާދެއް ކަމުގައިވާ ފްލޯޓިންގް އައިލެންޑްސް ބޭނުންކޮށްގެން ރާއްޖޭގައި ރަށްތަކެއް ހެދުމަށް އެގައުމުގެ ޑަޗް ޑޮކްލެންޑްސް ކުންފުންޏާއެކު ލޯންޗްކުރި ޕްރޮޖެކްޓެކެވެ. 

your imageޑަކް ޑޮކްލެންޑްސްއިން ތަރައްގީކުރާ މޯލްޑިވްސް ފްލޯޓިންގް ސިޓީގެ ރެންޑަރިންތަކެއް --- ފޮޓޯ: މޯލްޑިވްސް ފްލޯޓިންގް ސިޓީ

ފްލޯޓިންގް އައިލެންޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ރިސޯޓު ހެދުމަށް އެންމެ ފުރަތަމަ ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރުގަ އެވެ.

ދިހަ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮޖެކްޓު ނިމޭއިރު ގިނަ އަދަދެއްގެ ބަޔަކަށް ދިރިއުޅެވޭނެ ގޮތަކަށް ފްލޯޓިން ސިޓީއެއް ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ. 

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުތަކުގައި އިމާރާތް ކުރާ ފްލޯޓިން ރަށްތަކުން ކުލި ނަގާނެ ގޮތް ކަނޑައަޅައި، މިދިޔަ ފެބުރުއަރީމަހުގެ ތެރޭގައި ވަނީ އާންމުކޮށްފަ އެވެ. 

your imageރާއްޖޭގައި ފްލޯޓިންގް އައިލެންޑްސް ގާއިމުކުރުމަށް ޑަޗް ޑޮކްލެންޑްސްއާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރުން -- ފޮޓޯ/ ޖޮއޭން ޑޫންވާޑް

ފްލޯޓިން ސިޓީ ބިނާ ކުރަނީ މާލެއިން ފުރައިގެން ފަސް މިނެޓުން ދެވޭ ފަޅެއްގަ އެވެ. އަދި މުޅިއެކު 5000 ހައުސިން ޔުނިޓު އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް