ads
މިފްކޯގެ މަސް ބޯޓު ރަންދި 20: -
މިފްކޯއިން ޑީސަލްގެ އަގު 17.63 ރުފިޔާ އަށް ބޮޑުކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް (މިފްކޯ) އިން ވިއްކާ ޑީސަލްގެ އަގު ބޮޑު ކޮށްފި އެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އެންމެ ގާތް ކުންފުނީގެ ގޮތުގައި އޮންނަ މިފްކޯއިން އެންމެ ގިނައިން ޑީސަލް ގަންނަނީވެސް މަސްވެރިންނެވެ. 

މިފްކޯއިން ޑީސަލް ވިއްކާ އަގުތަކަކީ މަސްދޯނިތަކަށް ޑީސަލް ލިޓަރެއް 17.63 ރުފިޔާ އަށެވެ. އާންމު ފަރާތްތަކަށް ޑީސަލް ވިއްކަނީ ޑީސަލް ލިޓަރެއް 22.66 ރުފިޔާ އަށެވެ. 

މިފްކޯއަށް ތެޔޮ ސަޕްލައިކޮށްދެނީ އެސްޓީއޯއިން ނެވެ. 

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު އެސްޓިއޯއިންވެސް ވަނީ އެކުން ފުނިން ވިއްކާ ޑީސަލް އާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފަ އެވެ. 

އިއްޔެއިން ފެށިގެން ޕެޓްރޯލް ލީޓަރެއް އެސްޓިއޯއިން ވިއްކަނީ 16.55 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް ވިއްކަނީ 16.77 ރުފިޔާ އަށެވެ.
އެސްޓީއޯއިން ބުނީ ތެލުގެ އަގު ބޮޑު ކުރީ، ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް އުފުލެމުން އަންނާތީ ކަމަށެވެ.  

އެސްޓިއޯ އާއި މިފްކޯއިންވެސް އެންމެ ފަހުން ތެޔޮ ވިއްކާ އަގުބޮޑުކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ ފަސް ވަނަ ދުވަހުގަ އެވެ. 

your imageޅ. ފެލިވަރު ބަނދަރު ސަރަހައްދު. 

މިފްކޯ އިން އެންމެފަހުން ޑީސެލްގެ އަގު ބޮޑުކުރީ މާޗް 5، ގަ އެވެ. އެފަހަރު މިފްކޯއިން އިން މަސް ދޯނިތަކަށް އެ ކުންފުނިން ޑީސަލް ލީޓަރެއް ވިއްކީ 14.44ރ. އަށެވެ. އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 17.10ރ. އަށެވެ.

އެސްޓިއޯއިން އެންމެ ފަހުން ތެލުގެ އަގުބޮޑުކުރިއިރު، ފެޓްރޯލް ލީޓަރެއް 14.60 ރުފިޔާއަށް ވިއްކިއިރު، ޑީސަލް ލީޓަރެއް އުޅުނީ 14.80 ރުފިޔާ އަށެވެ. 

ދުނިޔޭގެ ބާޒާރުގައި މިމަސް ފެށުނުއިރު، ހުސް ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 121 ޑޮލަރަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް