މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ 12:00 ހާއިރު މަރުވެފައި ވަނީ، ނ. ކުޑަފަރީ ޒުވާނެކެވެ. އެ ޒުވާނާގެ ކަށުނަމާދު ކުރީ ރޭ ފަތިހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
ރާއްޖެ އިން އެންމެ ފަހުން މިބަލީގައި މީހަކު މަރުވެފައި ވަނީ ، މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު މަރުވީ 56 އަހަރުގެ ފިރިހެނެކެވެ.
ރޭ މަރުވި ޒުވާނާ އާއި އެކު ރާއްޖެ އިން މިހާތަނަށް މިބަލީގައި 302 މީހަކު ވަނީ މަރުވެފަ އެވެ.
ފަހަކަށްއައިސް ރާއްޖެ އިން ކޮވިޑް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު، ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.