އޭޓީކޭ މޯހަން ބަގާންއަކީ، އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާ ހިމެނުނު ގްރޫޕުން މި އަހަރުވެސް އަދި މި ދިޔަ އަހަރުވެސް އެއްވަނަ ހޯދައި މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ހޯދި ޓީމެވެ. މި އަހަރު މާޒިޔާއާ މޯހަން ބަގާން ކުޅުނު މެޗުން މޯހަން ބަގާން މޮޅުވީ ފަސް ލަނޑު ދެ ލަނޑުންނެވެ.
އުމުރުން ތިރީސް އަހަރުގެ ފްލޮރިންޓިންއަކީ ދެހާސް ދިހަވަނަ އަހަރުން ފެށިގެން ގިނީގެ ގައުމީ ޓީމުގައި ހިމެނޭ މުހިއްމު ޑިފެންޑަރެކެވެ. އޭނާވަނީ ކްލަބް ލެވެލްގައިވެސް ޔޫރޮޕާ ލީގުގައިވެސް ކުޅެފައެވެ. މޯހަން ބަގާންއަށް ބަދަލުވުމުގެ ކުރިން އެންމެ ފަހުން އޭނާ ކުޅެފައިވަނީ ފްރާންސްގެ ދެވަނަ ޑިވިޝަނުގައެވެ.