މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއިން މި ބަލީގައި ނިޔާވެފައި ވަނީ، ތ. ގުރައިދޫ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ އަށް ފަރުވާ ދެމުން ދިޔައީ، ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާ ފެސިލިޓީގަ އެވެ. އޭނާގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދުގެ މަގުރިބު ނަމާދަށްފަހު ހުޅުމާލޭ މިސްކިތުގަ އެވެ.
މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން މިބަލީގައި މަރުވި ދެވަނަ މީހާ އެވެ. ރޭ 12:00 ހާއިރު، އުމުރުން 20 އަހަރުގެ ނ. ކުޑަފަރީ ޒުވާނެކެވެ.
މިއާއި އެކު ރާއްޖެއިން މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ، 303 އަށް އަރާފަ އެވެ.
ފަހަކަށް އައިސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައިވެސް އިތުރުވާން ފަށާފައި ވާއިރު، މިކަމާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.