ads
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
ޔޯގާ އަކީ އިސްލާމީ ޝަރީއަތާއި ހިލާފުކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި
ޔޯގާ އަކީ އިސްލާމީ ޝަރީއައްތަކާއި ހިލާފު ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައި ވަނީ، މިމަހުގެ 15 ވަނަ ދުވަހު އެ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓާ ހިޝާމް އަހުމަދު ސޮއި ކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއަށް ފޮނުވި ސިޓީއެއްގަ އެވެ. 

އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ، ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވީހިނދު، އަދި ގާނޫނު އަސާސީގައި ވާގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދިން ކަމަށް ވީހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ
ދީނީ އެއްބައވަންތަކަން ދެމެހެއްޓުމަކީ، ރާއްޒެގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމުގައިވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ
ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމްވެފައިވާ ކަމެއް ކަމަށެވެ. 

އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގައިވާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ސައްކަތް ކުރުމާއި މީހުންގެ މެދުގައި ދިނީގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލު ކުރުމާއި، މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ މަނާ ކަމެއް ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

"ކަން މިހެން އޮތްއިރު، މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުން އެބަދޭ. 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު "ދާރުލް އިފްތާއުލް މިސްރިއްޔާ" އިން ނެރެފައިވާ ފަތުވާގައިވަނީ، ޔޯގާ އަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއް ކަމަށް. އަދި 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ޔޯގާ އަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއް ކަން ވަނީ ބުނެފަ. ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ޔޯގާ ހުއްދަވެގެން ނުވޭ. އެ ކުޅިވަރުގެ ސަބަބުން މުސްލިމުންގެ އަގީދާއަށް އަސަރު ކުރޭ." މިނިސްޓްރީގެ ސިޓީގައި ވަނީ ބުނެފަ އެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ސިޓީގައި ބުނެފައިވަނީ، ޔޯގާ އަކީ ހިންދޫއިންގެ އަޅުކަމެއް ކަމަށާއި، އެކަމަކީ އެމީހުންގެ ދީނުގެ ސަގާފަތެއް ކަމަށެވެ. އަދި ޔޯގާ އަކީ، އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫއިންގެ ބުދު ފައްޅީގައި އަޅުނަކް ކުރުމުގައި ބޭނުންކުރާ މިއުޒިކް ހިމެނޭ ހަރަކާތެއް ކަމަށެވެ. 

"މިފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަންކަން ކަމާއި، މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާ ކުރެވިފައިވާ ކަންތައްކެއް ކަމުގައިވާތީ، އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި، ގަވައިދުތައް ނެގެހެއްޓުމަށްޓަކައި، މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ." ސިޓީގައި އިތުރަށް ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މި ސިޓީ ފުލުހަށް ފޮނުވި ނަމަވެސް މިކަމަށް ސަމާލުކަން ނުދީ ގަލޮޅު ދަނޑުގައި ވަނީ، ޔޯގާ ޑޭ ހަރަކާތް ބާއްވާފަ އެވެ. އެ ހަރަކާތް ހުއްޓުވާ، އެކަމަށް ހުރަސް އެޅި މައްސަލަ އާއި ގުޅިގެން މިހާތަނަށް 19 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް