ads
އިސޫ
ނޫސްވެރިޔާ ރިލްވާންގެ މަރުގެ މައްސަލައާއި ގުޅިގެން މީހާކު ހައްޔަރު ކޮށްފި
ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިލްވާންގެ މަރުގެ މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ، އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)އެވެ. އޭނާ ހައްޔަރު ކުރީ މިއަދު ހެނދުނު ކާނިވާ ސަރަހައްދުގައި ހުރި ކެފޭ އެއްގެ ތެރޭގައި ހުއްޓަ އެވެ. 

އިސޫ ހައްޔަރު ކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދާފައި ވާކަމަށް އިއްޔެ ހަވީރު މައުލޫމާތު ލިބުމުއާއި ގުޅިގެން އޭނާ ވަނީ ރޭގެ ވަގުތެއްގައި ފުލުހުންގެ މައި އިދާރާއަށް ވެސް ހާޒިރުވެ އަމިއްލައަށް ފުލުހުންނާއި ހަވާލުވާން މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ފުލުހުން ރޭ އިސޫ ހައްުޔަރު ކޮށްފައިނުވެ އެވެ. 

އިސޫ އަކީ މީގެ ކުރިން ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީއަށް ގޮސް ހުއްޓާ ހައްޔަރުކޮށް ރާއްޖެއަށް ފޮނުވާލާފައި ހުރި މީހެއްކަން ފާހަގަ ކޮށްލެވެ އެވެ. 

ކޯޓު އަމުރެއްގެ ދަށުން އިސޫ ހައްޔަރު ކޮށްފައި ވާއިރު، އަދި މިހާތަނަށް ފުލުހުން ރަސްމީކޮށް މިކަމާއި ގުޅިގެން މައުލޫމާތު ހިއްސާ ކޮށްފައިނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް