ads
ނ ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ ބިންހިއްކުމުގެ މަސައްކަތް
ނ.ވެލިދޫ ބިންހިއްކުމުގެ މަސައްކަތުގެ 85 ޕަސެންޓު ނިމިއްޖެ: އެމްޓީސީސީ
ނ.ވެލިދޫގައި ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ ދަށުން 85 ޕަސެންޓު ބިން ހިއްކައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ވެލިދޫގައި ދޯނި އެހެލާ ސަރަހައްދަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު އެރަށަށް ގެންދެވިފައިވާ ކަމަށެވެ. 

މި ޕްރޮޖެކްޓުގެ ދަށުން 3.48 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. 

your imageނ ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ ބިންހިއްކުމުގެ މަސައްކަތް

ބިން ހިއްކުމުގެ 85 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު އެސަރަހައްދުގައި ޖަހާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ 58 ޕަސެންޓް މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ. 

މި ޕްރޮޖެކްޓަކީ ސަރުކާރުން އެމްޓީސީސީ އަށް 18.25 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް