ads
މުޙައްމަދު ޝަމްލު އަދި މުޙައްމަދު ސަމީހު
ނޫރު މަރާލި މައްސަލާގައި ސަމީހުއާއި ޝަމްލު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހުގެ ރޭ ރަހުމު ކުޑަގޮތަކަށް މަރާލި، ނޫރު އާދަމް ހަސަންފުޅުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ދެ މީހަކު 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

މި މައްސަލަ އާއި ގުޅިގެން ދައުލަތުން ވަނީ، އޭރު 18 އަހަރު ނުފުރޭ ދެކުދިންނާއި، އިތުރު ދެމީހެއްގެ ދައުވާ އުފުލާފަ އެވެ. މި މައްސަލާގައި މީގެ ކުރިން ކޯޓުން ވަނީ، ނޫރުގަޔަށް ވަޅި ހެރި ކުއްޖާ މެރުމަށް ހުކުމް ކޮށްފަ އެވެ. މީގެ އިތުރުން މި މައްސަލާގައި ހިމެނޭ ދެވަނަ ކުޑަކުއްޖާ 10 އަހަރަށް ޖަލަށް ލުމަށް ކޯޓުން ވަނީ މީގެ ކުރިން ހުކުމް ކޮށްފަ އެވެ. 

މި މައްސަލަ އާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި މި މައްސަލާގައި ދައުލަތުން ދެން ދައުވާ އުފުލާފައިވާ، 26 އަހަރުގެ މުހައްމަދު ސަމީހު އާއި، 25 އަހަރުގެ މުހައްމަދު ޝަމްލު 25 އަހަރަށް ޖަލަށް ލުމުށް ވަނީ ހުކުމް ކޮށްފަ އެވެ. މި ދެ މީހުންނަކީވެސް ފުވައްމުލަކަށް ނިސްބަތްވާ ދެ މީހުންނެވެ. 

"ދައުލަތުން އުފުލާފައިވާ ދައުވާ މުހައްމަދު ސަމީހާއި މުހައްމަދު ޝަމްލުގެ މައްޗަށް ސާބިތުވާ ކަމަށާއި ކުށުގެ އުގޫބާތެއްގެ ގޮތުން އިސްވެ ދެންނެވި ގާނޫނުގެ (ޅ)ގެ ދަށުން ކުށުގެ ޒާތާއި ބާވަތަށް ބަލާއިރު، މިއީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށަކަށްވުމުންނާއި އިންސާނާގެ ފުރާނައަށް އެއްޗެއް ހުރުމަތެއް ނުބަހައްޓައި ކުރި މި އަމަލުގައި އެއްވެސް ސިފައެއްގައި ދައުވާ ލިބޭ ފަރާތްތަކުން ބައިވެރިވެފައިވުމުން މިފަދަ ކުށްތަކަށް މީހުން އަރައިގަތުން ދުރުކޮށް މަދު ކުރެވޭނީ މިފަދަ އަމަލުތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދޭން ހުކުމް ކުރަމެވެ." ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

މި ދެ މީހުންގެ މައްޗަށް 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް މި މައްސަލަ އާއި ގުޅިގެން މި ދެމީހުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން މި ދެމީހުން ޖަލު ބަންދުގައި ތިބެންޖެހެނީ، 17 އަހަރާއި ނުވަ މަސް ދުވަހެވެ. 

34%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
41%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް