ads
ދީޕިކާ އާއި ރަންވީރު މުމްބާއީ އެއާޕޯޓްގައި--
ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ހަނދާންތަކާއެކު ދީޕިކާ އާއި ރަންވީރު އެނބުރި ގައުމަށް
ބޮލީވުޑުގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯނާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރު ސިންގް، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ހިނގައްޖެ އެވެ.

ނ. އަތޮޅުގެ ރިސޯޓެއްގައި ދީޕިކާ އާއި ރަންވީރު ޗުއްޓީ ހޭދަކުރަން އައީ މިމަހުގެ ހަތް ވަނަ ދުވަހެވެ. ރާއްޖޭގައި ދީޕިކާ އާއި ރަންވީރު އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާއެއް ނުކުރެ އެވެ. އެކަމަކު، ދެމީހުން ބޭނުންކުރި ބައެއް ތަކެތީގެ ފޮޓޯ ހިއްސާ ކުރި އެވެ. އެގޮތުން ދެމީހުންގެ ފައިވާނުގެ ފޮޓޯއަކާއި ދެ ކުޑަ އަދި ދެ ބައިސްކަލުގެ ފޮޓޯއެއް ވެސް ހިއްސާކުރި އެވެ. 

ޗުއްޓީއަށް ރާއްޖެ އަންނަމުން ވެސް ދީޕިކާ ހިއްސާކުރީ ރަންވީރާއި އޭނާގެ ޕާސްޕޯޓްގެ ފޮޓޯއެކެވެ. 

ބެލެވޭ ގޮތުގައި މިއީ ދެތަރިން ޗުއްޓީ ހޭދަކުރަމުން އައި މަންޒިލް ހިއްސާނުކުރުމަށްޓަކައި ހެދި ގޮތެކެވެ. 

އެދެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ދެމީހުން މިދިޔަ އަހަރުވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރި ރިސޯޓު ކަމަށް ވެއެވެ. ދީޕިކާ އާއި ރަންވީރު މީގެ ކުރިން ދެފަހަރެއްގެ މަތިން ވަނީ ރާއްޖެއައިސްފައެވެ. އެންމެ ފަހުން އެމީހުން ރާއްޖެއައީ ހަނީމޫން އަށާއި ދީޕިކާ އުފަން ދުވަސް ފާހަގަކުރުމަށެވެ.

ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދީޕިކާ ވަނީ ރަންވީރު މިދިޔަ އަހަރު ނޮވެންބަރު މަހުގެ 14 ގައި ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ އިޓަލީގެ ލޭކް ކޯމޯގެ ވިލާ ޑެލް ބަލްބިއާނެއްލޯގައެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެންދިޔައީ "ޗަޕާކް" އިންނެވެ. އެފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ގަލީ ބޯއީ" އިން ފެނިގެން ދިޔަ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ކަބީރު ހާނުގެ "83" އެވެ. އެ ފިލްމުގައި ރަންވީރުގެ އަންހެނުން ދީޕިކާ ޕަޑުކޯން ވެސް ފެނިގެންދާނެ އެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް