ads
ޑިފެންސް މިނިސްޓަ މާރިޔާ އަހްމަދު ދީދީ
ސިޔާސީ ކޮންމެ ކަމެއްގެ ތެރެއަށް އަޅުގަނޑު ދަރިން ނުވައްދާ: މާރިޔާ
ސިޔާސީ ކަންކަމާއި ވިއްދައިގެން ދައްކާ ކޮންމެ ވާހަކައެއްގެ ތެރެއަށް އެކަމަނާގެ ދަރިން ވައްދާތީ ހިތާމަ ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
Advertisement

މާރިޔާ ވިދާޅުވީ ކޮންމެ ކަމަކާއި ގުޅުވައިގެން ދެކެވޭ ވާހަކަ އަކުން ވެސް އެކަމަނާގެ ދަރިންނޭ ކިޔައިގެން ހެޑްލައިނެއް ހެދޭތޯ ބަޔަކު ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތަކުން ކަމެއް މާރިޔާ ވިދާޅުވެފަ އެއް ނުވެ އެވެ.

މާރިޔާ މިފަދައިން އިޝާރާތްކޮށްފައި މިވަނީ އެކަމަނާގެ ދަރިއަކު ބްލެކް މެއިލް ކޮށްގެން އުޅޭ ވާހަކަ މީހަކު މެސެޖުކޮށްފައި ބުނުމުންނެވެ. 

މިނިސްޓަރު ވަނީ އެކަމަނާ އަށް މީހަކު ކުރި މެސެޖުގެ ސްކްރީ ސޮޓާއެކު ނަމްބަރުވެސް ފެންނަ ގޮތައް ޓުވިޓާގައި ހިއްސާކުރައްވާފަ އެވެ. 

އެ މެސެޖުގައި އޮންނަނީ އެކަމަނާގެ ފިރިހެން ދަރިފުޅުގެ ވީޑިއޯއެއް ބޭނުންކޮށްގެން ބަޔަކު ބްލެކްމެއިލް ކުރާ ކަމުގެ ވާހަކަ އަހާފަ އެވެ. މި މެސެޖުގެ ރިޕްލައިގައި މާރިޔާ ބުނެފަިއވަނީ ހަމައެކަނި "އެއީ ދޮގެއް" ކަމަށެވެ. 

"ސިޔާސީ ސަބަބައްޓަކާ ދަރިންނާ ބެހުން އެބަ ހުއްޓާލަންޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ކުރާ ދުއްތުރާލެއް." މާރިޔާގެ ޓުވީޓުގައި ބުނެފައިވެ އެވެ.

މާރިޔާ ބުނީ ސިޔާސީ ސަބަބައްޓަކައި ދަރިންނާއި ބެހުން ހުއްޓާލަން ޖެހޭ ކަަމަށެވެ. އަދި އެކަމަނާ ގަބޫލު ކުރާ ގޮތުގައި މީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ކުރާ ދުއްތުރާލެއް ކަމުގަ އެވެ.

43%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް