ads
ހައްޔަރު ކުރި ތިން މީހުން
ރިލްވާންގެ މައްސަލާގައި ހައްޔަރު ކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދު!
ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައާއި ގުޅިގެން އިއްޔެ ހައްޔަރު ކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އިއްޔެ ހައްޔަރު ކުރީ، އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) އާއި އަހުމަދު އިސްމާއިލް (ބުރު އަހަނދު)ގެ އިތުރުން، އަހުމަދު މުއާޒް (ގަޓު މުއާ) ނަމަކަށް ކިޔާ މީހެކެވެ. 

މި މީހުން ހައްޔަރު ކުރުމާއި ގުޅިގެން ފުލުހުން ބުނީ، މި ތިން މީހުންވެސް ހައްޔަރު ކުރީ، ރިލްވާނާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި، އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި، އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) އަކީ މީގެ ކުރިން ސީރިއާ ދިއުމަށް ތުރުކީއަށް ގޮސް ހުއްޓާ ހައްޔަރު ކުރި މީހެކެވެ. 

ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓްގައިވާ ގޮތުން، ރިލްވާން ދިރިއުޅެމުން އައި އެޕާޓްމަންޓް ކައިރިން އޭނާ ރަހީނުކޮށް ކާރަކަށް އަރުވައި ޑިންގީއަކަށް އަރުވައިގެން ގެންގޮސް އޭނާ އެރުވީ ކަނޑު އުޅަނދަކަށެވެ. އަދި އެ އުޅަނދުގައި އޭނާގެ ކަރު ބުރިކޮށް ހަށިގަނޑު ކަނޑުފެއްތީއެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހުގެ ރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް