ads
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްފައި ތިބި ބަލި މީހުން
ކޮވިޑް-19: ހަފްތާއެއް ތެރޭ 1200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެޖެ
ހަތް ދުވަސް ތެރޭ ރާއްޖެއިން ކޮވިޑް-19 އަށް 1200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އާއްމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް މުޅި ރާއްޖެއިން ޖުމްލަ 1202 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. 

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، އޭގެ ތެރެއިން 528 މީހަކު ޕޮޒިޓިވް ވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން 452 މީހަކު ޕޮޒިޓިވް ވެފައިވާއިރު،، ރިސޯޓްތަކާއި، އިންޑަސްޓްރިއަލް ރަށްތަކުން 222 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. 

އެޗްޕީއޭއިން ބުނާ ގޮތުގައި މިހާރު ރާއްޖޭގެ ކޮވިޑް-19 ޕޮޒިޓިވް ރޭޓާކީ، 35 އިންސައްތަ އެވެ. 

ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު، ބަލިން ރައްކާތެރިވެ ތިބުމަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން ހޮސްޕިޓަލުތަކާއި، އެއާޕޯޓުތަކަށް ދާއިރު، މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

ރާއްޖެއިން މިހާތަނަށް 181،586 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިބް ވެފައި ވާއިރު، އޭގެ ތެރެއިން 305 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް