ads
ފުލުހުން ހަރަކާތްތެރިވަނީ: މާރާމާރީތައް އަންނަނީ އިތުރުވަމުން--
މާލޭގައި މީހެއްގެ ގަޔަށް ވަޅިޖަހާ ޒަހަމް ކޮށްލައިފި
މާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި މީހެއްގެ ގަޔަށް ވަޅި ޖަހާ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ހަމަލާދީ މާރާމާރީ ހިންގާފައިވަނީ، މާފަންނުގައި ހުންނަ ކުރީގެ ސްޓާ ސިނަމާ ކުރިމަތިންނެވެ. 

މަންޒަރު ދުށް ފަރާތްތަކުން "ސީއެންއެމް" އަށް މައުލޫމާތު ދެމުން ބުނީ، ސްޓާ ސިނަމާ ހިންގި އިމާރާތުގެ ކުރިމަތީ ހުރި މާރުކޭޓު ކުރިމަތިން ޒުވާނާއަށް ހަމަލާ ދިނީ ހިނގި ދެބަސްވުމެއްގެ ތެރެއިން ކަމަށެވެ. 

ޒުވާނާއަށް ވަޅިން ހަމަލާ ދިނުމުގެ ކުރިން، އެކިވަރުގެ އަނިޔާތައް ޒުވާނާއަށް ދިން ކަމަށާއި، ވަޅިން އޭނާއަށް ހަމަލާ ދިނުމަށް ފަހު އެ ސަރަހައްދުން ހަމަލާ ދިން މީހުން ފިލާފައިވާ ކަމަށެވެ.

އެ ޒުވާނާ އަށް ފަރުވާ ދިނުމަށް، ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުގައި ތިބި މީހުން ކަމަށްވެސް "ސީއެންއެމް" އަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފަ އެވެ. 

މި މާރާމާރީ އާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

25%
ކަމުގޮސްފި
32%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް