ads
އަކްޝޭ އާއި ޓްވިންކަލް
އަކްޝޭގެ ސަމާލުކަން ހޯދުމަށް އައިޕެޑްގެ ޕާސްވޯޑް ބަދަލުކޮށްފި
ބޮލީވުޑުގެ ތަރި އަކްޝޭ ކުމާރުގެ ސަމާލުކަން ހޯދުމަށްޓަކައި އޭނާގެ އައިޕެޑްގެ ޕާސްވޯޑް ބަދަލުކުރި ކަމަށް އަކްޝޭގެ އަންހެނުން އަދި ލިޔުންތެރިޔާ، ޓްވިންކަލް ކަންނާ ބުނެފި އެވެ.
Advertisement

އެކަން ހާމަކޮށް ޓްވިންކަލް ބުނީ ދަރިފުޅު، ނިތާރާއަށް ކަރާޓީ ޕްރެކްޓިސް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ވަގުތެއްގައި އަކްޝޭ އޭނާގެ އައިޕެޑުން ކްރިކެޓް މެޗެއް އަޅުވައިގެން އިން ކަމަށެވެ. އަދި އަކްޝޭގެ އައިޕެޑް އަތު ޖެހުމާއެކު އޭގެ ޕާސްވޯޑް އޭނާ ބަދަލުކުރި ކަމަށްވެސް ޓްވިންކަލް ބުންޏެވެ. 

މީގެ އިތުރުން ޓްވިންކަލް ބުނީ އެ ރޭ އަކްޝޭ ގެއަަށް އައިސް، އައިޕެޑްގެ ޕާސްވޯޑް ޖަހަން އެތައް ފަހަރު މަސައްކަތް ކުރި ކަމަށާއި އެގޮތުން އެވަގުތު އެވީ އުފާ ބަޔާން ނުކޮށްދެވޭނެ ކަމަށެވެ. 

ކުރިން ފިލްމީ ދާއިރާގައި މަސައްކަތް ކުރި ޓްވިނަކަލް ބުނީ އައިޕެޑް ޑިސްއޭބަލް ވަންދެން އަކްޝޭ ޕާސްވޯޑް ޖެހި ކަމަށެވެ.

ދެހާސް އެއްވަނަ އަހަރު އަކްޝޭ އާއި ޓްވިންކަލް ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ލިބިފަ އެވެ.

އަކޝޭ އެންމެ ފަހުން ފެނިގެން ދިޔައީ ހައުސްފުލް ހަތަރަކުންނެވެ. ދެން އެންމެ އަވަހަށް އަކްޝޭ ފެނިގެންދާނީ ރޯހިތު ޝެޓީގެ "ސޫރްޔަވަންޝީ" އިންނެވެ. ކެޓްރީނާއާ އެކު އަކްޝޭ ފެނިގެންދާ އެ ފިލްމު ނެރޭނީ މިއަހަރުގެ ތެރޭގަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް