ads
ވެއްޓުނު ކޮންޓެއިނަރުން ގޭސްތައް ލީކުވަމުންދިޔަ ވަގުތު
ގޭސް ކޮންޓެއިނަރެއް ވެއްޓި 13 މީހުން މަރުވެއްޖެ
ޖޯޑަން ކޯރުގެ އިރުމަތީ އައްސޭރީގައި އޮންނަ އަރަބި ގައުމެއް ކަމަށްވާ، ޖޯޑަންގެ އަގަބާ ބަނދަރުގައި ހުންނަ ސްޓޯރޭޖް ޓޭންކަކުން ވިހަ ގޭސް ލީކުވުމުން 13 މީހަކު މަރުވެ 251 މީހުންނަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ، 25 ޓަނުގެ ކްލޮރިން ފުރިފައިވާ ޓޭންކެއް އުފުލި ކޮންޓެއިނަރު ވެއްޓި ފަޅައިގެން ގޮސް މުޅި އެ ސަރަހައްދަށް ގޭސް ލީކުވުމާއި ގުޅިގެން ނެވެ. މި ހާދިސާގައި 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ، ތޭރަ މީހުން ވަނީ މަރުވެފަ އެވެ. 

އެ ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯއަކުން ފެންނަގޮތުން، އެ ކޮންޓެއިނަރު ވެއްޓި ޓޭންކް ޑެކްގައި ޖެހި ފަޅައިގެން ދިއުމުން، ވިލާތަކެއް ފަދައިން ރީނދޫ ކުލައިގެ އެ ގޭސްތައް މުޅިތަނަށް ހަލުވިކަމާއިއެކު ފެތުރިގަތެވެ. 

އަދި އެވަގުތު ބަނދަރުގައި މަސައްކަތްކުރާ ބައެއް މީހުން ދުވާތަން ފެންނައިރު، އެ ސިޓީގެ ސިއްހީ އިދާރާތަކުން އިލްތިމާސްކޮށްފައި ވަނީ ކުޑަދޮރުތައް ބަންދުކޮށް ހުރިހާ އެންމެންވެސް ގޭގައި ތިބުމަށެވެ.

ޢަޤަބާ ރީޖަން ޕޯޓްސް އޮތޯރިޓީން ބަނދަރު ހިންގާ ކުންފުނީގެ ކުރީގެ ވެރިޔާ މުހައްމަދު އަލް މުބައިދީންއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާގޮތުގައި އެ ހާދިސާ ހިނގިއިރު، އެ އުޅަނދަށް އިތުރު 20 ކޮންޓެއިނަރުގެ "ވަރަށް ބޮޑު އިންސައްތައެއް ކްލޮރިން ހިމެނޭ، ލިކުއިފައިޑް ގޭސް ބަރުކުރަން ނިންމާފައޮތެވެ. 

ކްލޮރިން އަކީ ގިނައިން ބޭނުންކުރާ ޑިސްއިންފެކްޓެންޓާއި ފެން ސާފުކުރާ އޭޖެންޓެއް ނަމަވެސް ނޭވާލާނަމަ އެ ގޭސް ހައިޑްރޯކްލޮރިކް އެސިޑަށް ބަދަލުވެ، ފުއްޕާމެއަށް ފެނުގެ އަަސަރުކޮށް އެތެރެހަށި ފިހުމަށް މެދުވެރިވެ އެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް