ޖެންޑަ މިިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ މެއި މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ކުޑަކުދިންނާއި ގުޅޭ ޖުމްލަ 278 މައްސަލަ މެއި މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 137 މައްސަލަ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 49 މައްސަލަ، އާއިލީ 31 މައްސަލަ ހިމެނެއެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ އާއި، ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 2 މައްސަލަ އަކާއި، ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 19 މައްސަލައެއްގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 14 މައްސަލަ ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ
މީގެ ޖުމްލަ 137 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ، ޖިންސީ ހާނިކައި އާއި ޖިސްމާނީ ހާނިކައިގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 31 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން،
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ
މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 25 މައްސަލަ އެވެ. މިބާވަތުގެ މައްސަލަތަކުގެ އިތުރުން،
ޢާއިލީ މައްސަލަތައް
އާއިލީ 31 މައްސަލަ މެއިމަހު ހުށަހަޅައިފައި ވެއެވެ.
އަމިއްލަ ނަފުސަށް ގެއްލުން ދިނުން
އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 14 މައްސަލަ މެއި މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެ އެވެ. އެއީ،
ހައްޤުތަކުން ކުޑަކުދިން މަހްރޫމުކުރުން
ހައްޤުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ ދެ މައްސަލަ މެއިމަހު ވަނީ ރިޕޯޓުކޮށްފަ އެވެ.
އަހުލާގީ މައްސަލަތައް
ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 19 މައްސަލަ މެއިމަހު ވަނީ ހުށަހަޅައިފަ އެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި،
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;