ads
އަލްހާން ފަހުމީ
ބީއެމްއެލް އަށް 6 މިލިއަން ރުފިޔާ ދައްކަން އަލްހާންގެ މައްޗަށް ހުކުމް ކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނަކަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އަލްހާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ހާމިދު ފަހުމީ އާއި މުހައްމަދު ފަހުމީ ރަހުނު ބަހައްޓައިގެން އަލްހާން ފަހުމީއާއި އަޒްހާން ފަހުމީގެ އެދުމަކަށް ބީއެމްއެލް އިން ދޫކޮށްފައިވާ 6،403،600 ރުފިޔާގެ ޑިމާންޑް ލޯނު އެއްބަސްވެފައިވާ ގޮތަށް ދައްކަމުން ނުދާތީ، 29 ޖޫން 2022 ގެ ނިޔަލަށް ލޯނުގެ ބާކީގެ ގޮތުގައި ދައްކަންޖެހޭ 6،396،099.46 ރުފިޔާ އާއި އިތުރަށް ލޯނަށް އަރަމުންދާ ފައިސާ ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ ދައްކަންޖެހޭނެ ކަމަށެވެ. 

މި ލޯނު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ކުރިން ބީއެމްއެލް އަށް ދައްކާ ހަލާސް ކުރުމަށް ސިވިލް ކޯޓުން ހާމިދު ފަހުމީ އާއި މުހައްމަދު ފަހުމީ އާއި، އަލްހާން ފަހުމީ އަދި އަޒްހާން ފަހުމީގެ މައްޗަށް ހުކުމް ކުރާކަމަށް ކޮށްފައިވާ ހުކުމުގައި ވަނީ ބުނެފަ އެވެ. 

އަދި މި ލޯނު ނެގުމަށް ރަހުނު ކޮށްފައިވާ، މ. ފިނިވާގެ 2 ނަމްބަރުބައި ރަހުނު އެގްރީމެންޓުގެ ދަށުން ބީއެމްއެލް އަށް ލިބިފައިވާ ހައްގުތަކާއި ބާރުތައް ލޯނު ދައްކާ ނިމެންދެން ބާތިލްނުވެ ދެމިގެންދާނެ ކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމުގައި ވަނި ބުނެފަ އެވެ. 

ސިވިލް ކޯޓުން މި ހުކުމް ކޮށްފައިވަނީ، ދައުވާ ރައްދުވާ ފަރާތްތައް ކޯޓަށް ހާޒިރުވެފައި ނުވާތީ އެ ފަރާތްތަކުގެ ގައިރު ހާޒިރުގަ އެވެ. 

އަލްހާން ފަހުމީގެ މައްޗަށް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ކޯޓުން ހުކުމް ކޮށްފައިވާއިރު، އަލްހާން ފަހުމީ ކިންގް ފޯރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް