ads
ފޮޓޯ: ސޯޝަލް މީޑިއާ
ކުރީގެ މިނިސްޓަރު ތޯރިގު ގެ މަންމާފުޅު ނިޔާވެއްޖެ
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންވާރަމަންޓު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި، ތޯރިގް އިބްރާހީމްގެ މަންމާފުޅު މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތޯރިގް ގެ މަންމާފުޅު ނިޔާވެފައިވަނީ، ކޮވިޑް-19 ގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ނިޔާވި އިރު ތޯރިގް ގެ މަންމާފުޅުގެ އުމުރުފުޅަކީ، 77 އަހަރެވެ. 

މިއީ ކޮވިޑް-19 ގެ ސަބަބުން މި މަހު ރާއްޖެއިން ނިޔާވި 4 ވަނަ މީހާ އެވެ. 

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނަ އިރު، ސަލާމަތުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން ހޮސްޕިޓަލުތަކަށް ދާއިރު، މާސްކު އެޅުންފަދަ ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

18%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް