ads
އެޓާނީ ޖެނެރަލް ރިފްއަތު.. ވެންޓިލޭޓަރުގެ މައްސަލަ ވަނީ އާބިޓްރޭޝަނަށް ހުށަހަޅަން ތައްޔާރުވެފައި
އެޓާނީ ޖެނެރަލްގެ އޮފީހުން ވެންޓިލޭޓަރުގެ މައްސަލަ އާބިޓްރޭޝަނަށް
ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން ވެންޓިލޭޓަރު ގަތުމަށް، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ދޫކުރި ފައިސާ އަނބުރާ ނުދެއްކުމުން، އެ ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ އޮފީހުން ބުނެފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެޓާނީ ޖެނެރަލް އޮފީހުގެ މީޑިޔާ އޮފިޝަލް ހަސަން ހުސެއިން މިއަދު ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ ހެލްތް މިނިސްޓްރީން އޭޖީ އަށް ހުށަހަޅާފައިވާ ކަމަށެވެ. 

ހުސެއިން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން އޭޖީން ބަލަންޖެހޭ އެންމެހައި ކަންތައްތަކެއް މިވަގުތު ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މި ފެށޭ ހަފްތާގެ ތެރޭގައި މި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅޭވަރުވާނެ ކަމަށެވެ. 

"މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ އެންމެހައި ކަމެއް ބަލަމުން މިދަނީ. ކުރިއަށް އޮތް ހަފްތާގައި މި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅޭވަރު ވާނެ." ހުސެއިން ވިދާޅުވި އެވެ.

ހަތްދިހަ ފަސް ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއަށް 34 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވާފައި ނުވާއިރު، ފުރަތަމަ ރާއްޖެއަށް ފޮނުވި ވެންޓިލޭޓަރުތަކަކީ ރާއްޖޭގެ ހޮސްޕިޓަލުތަކުގައި ބޭނުން ނުކުރެވޭ ވެންޓިލޭޓަރު ތަކެކެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކް ގެރެންޓީއަކާ ނުލަ އެވެ 

އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީން ވަނީ އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް ޖެނެރަލް އިން ފޯރުކޮށްދޭން ބުނި ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެ ކުންފުނީގައި އެދިފަ އެވެ. އެހެން ނަމަވެސް ވެންޓިލޭޓަރުތައް ނުފޮނުވާ ލަސްވުމުގެ ސަބަބުން ހެލްތު މިނިސްޓްރީން ވަނީ، ވެންޓިލޭޓަރުތައް ގަތުމަށް ސަރުކާރުން ދިން ފައިސާގެ ތެރެއިން 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށް އެދިފަ އެވެ. 

އެހެން ނަމަވެސް އެ ކުންފުނިން ވަނީ ހެލްތު މިނިސްޓްރީން ފައިސާ އަނބުރާ ރައްދުކޮށްދިނުމަށް އެދުމުން އެ ފައިސާ މިއަދާއި ހަމައަށްވެސް ރައްދުކޮށް ނުދީފަ އެވެ. 

މި މައްސަލައާއި ގުޅިގެން ހެލްތު މިނިސްޓްރީން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތައް ބަލާއިރު، އެ މިނިސްޓްރީން ވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އާބިޓްރޭޝަނަށް މި މައްސަލަ ހުށަހަޅާނެ ކަމަށްބުނެ ފަހުގެ ނޯޓިސް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ފޮނުވާފަ އެވެ. އެ މިނިސްޓްރީން ބުނާގޮތުގައި މި ނޯޓިސް ފޮނުވީ، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ. އަދި މި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިދިނުމަށް އެދި މި ހަފްތާގެ އާދީއްތަ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވާކަމަށްވެސް މިނިސްޓްރީން ވަނީ  ބުނެފަ އެވެ. 

މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން އޭސީސީއިން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު އެ ކޮމިޝަނުން އާއްމުކޮށްފައިވާ ރިޕޯޓުގައި އެ ކުންފުންޏާއި އެކު ހެލްތު މިނިސްޓްރީން ސޮއި ކުރީ ބޭންކު ގެރެންޓީއަކާއި ނުލާ، މާލިއްޔަރު ގަވައިދާއި ހިލާފަށް ކަމަށްވަނީ ފާހަގަ ކޮށްފަ އެވެ. 

ވެންޓިލޭޓަރު މައްސަލައިގައި މީގެ ކުރިން އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވި އެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް