އީސީގެ ރައީސް ފުއާދު ތައުފީގު
މޯލްޑިވްސް ލޭބާ ޕާޓީ އުވާލަން އީސީ އިން ނިންމައިފި
Share
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ނުވަތަ ލޭބާ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
Advertisement

އީސީ އިން ލޭބާ ޕާޓީ އުވާލަން ނިންމީ، 3000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލުމަށް އީސީއިން ފޮނުވި ނޯޓިސްގެ މުއްދަތު ހަމަވިއިރުވެސް، ލޭބާ ޕާޓީއަށް އެ އަދަދަށް މެމްބަރުން ހަމަނުކުރެވުމުގެ ސަބަބުންނެވެ. 

މިކަމާއި ގުޅިގެން އީސީ އިން މިއަދު ބުނީ، ގާނޫނުގެ 28 ވަނަ މާއްދާގައި ވާގޮތުގެ މަތިން ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ދިން ތިން މަސް ދުވަސް މި މަހުގެ 14 ވަނަ ދުވަހަށް ހަމަވިއިރު، އެ ޕާޓީގެ މެމްބަރުންގެ އަދަދު ގާނޫނުގައި ބުނާވަރަށް ހަމަނުވާތީ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އެ ޕާޓީ އުވާލަން ނިންމާފައި ވާކަމަށެވެ. 

މީގެ އިތުރުން އީސީ އިން ބުނީ، އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި، ކޮމިޝަނުން އަންގާ ގޮތުގެ މަތިން ޕާޓީ އުވާލުމުގެ ކަންކަން ފުރިހަމަ ކުރުމަށް މިހާރު އެ ޕާޓީއަށް އަންގާފައި ވާކަމަށެވެ. 

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް