ads
އާސްކް ސްޕީކާގައި ނަޝީދު ވާހަަކަދައްކަވަނީ
"ކޮއްކޮއަށް ހައްގު އަދަބުދޭން ދެކޮޅެއް ނަހަދަން، މި ވިދާޅުވަނީ ފުރަތަމަ ހަގީގަތް ބަލާށޭ"
ކޮއްކޮއަކަށް ވުމުން ލިބެންޖެހޭ ހައްގު އަދަބުދޭން ދެކޮޅު ނަހަދާ ކަމަށާއި، ނަމަވެސް ވިދާޅުވަމުން ދަނީ ކޮންމެ ކަމެއްގެ ވެސް ދެކޮޅު ބަލާ، ހަގީގަތް އޮޅުން ފިލުވާފަނޫނީ އަމަލުކޮށްގެން ނުވާނެ ކަމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ކަމަށް ބުނެ ވީޑިއޯއެއް ލީކުވުމާއި ގުޅިގެން އޭނާ އަށް ހައްގު އަދަބު ދިނުމަށް ގިނަބަޔަކު ދަނީ ގޮވާލަމުން ނެވެ. ނަމަވެސް އެއީ ނަޝީދުގެ ކޮއްކޯފުޅު ކަމަށްވުމުން ހައްގު އަދަބު ދޭން ފަހަތުފަހަޔަށް ބުރަވަމުންދާ ކަަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. 

ރޭ އޮތް "އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާއްމު މީހަކު ވަނީ، ލީކުވެގެން އުޅޭ ވީޑިއޯއާއި ގުޅިގެން ސުވާލުކޮށްފަ އެވެ. އޭނާ ސުވާލުކޮށްފަވަނީ، "ކީއްވެގެންތޯ މަނިކުފާނުގެ ކޮއްކޮއަށް ލިބެންޖެހޭ ހައްގު އަދަބު ނުދެވެނީ އެއީ ކޮއްކޮ ވީމަތޯ"؟

އެ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ކޮއްކޮއަށް ލިބެންޖެހޭ އަދަބެއް ލިބުމަށް ދެކޮޅު ނުހައްދަވާ ކަމަށެވެ. 

"އެއްގޮތަކަށްވެސް އަޅުގަނޑު ކޮއްކޮއަށް ލިބެންޖެހޭ ހައްގު އަދަބު ނުދޭކަށް ދުވަހަކުވެސް ނުދަންނަވާނަން. އަދި އެއްވެސް ބަޔަކަށް ހައްގު އަދަބު ނުދޭކަށް ނުދަންނަވާނަން. އަޅުގަނޑު ހަމައެކަނި މި ދަންނަވާ ވާހަކައަކީ ކަމެއް ހަމަ ހިނގާއިރަށް އަޅުގަނޑުމެން އޭގެ ދެކޮޅެއް ނުބުލާ ވާނުވާއެއް ނޭނގި އަމަލުކުރަން ފެށުމަކީ އިސްލާމީ ޝަރީއަތުގަވެސް، ރާއްޖޭގެ ގާނޫނުތަކުގައިވެސް އޮތް ގޮތެއް ނޫނޭ. ގާނޫނުގައި އޮތް ގޮތަށް އަމަލުކުރަމުން ދިޔައީމަ ރަނގަޅުވާނެ" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން އެހެން މީހަކުވެސް ވަނީ، ވީޑިއޯތަކާއި ގުޅިގެން ނަޝީދާއި ރޭ ސުވާލުކޮށްފަ އެވެ. އޭނާ ސުވާލުކޮށްފަވަނީ، "މިފަހުން ސޯޝަލް މީޑިއާގައި ފެތުރިފައިވާ ފޮޓޯއާއި ވީޑިއޯތަކާއި ގުޅިގެން އެއީ މަނިކުފާނު ގުޑުވާލަން ދިން ހަމަލާއެއް ކަމަށް މީޑިއާގައި ރިޕޯޓުކޮށްފަވޭ، ހާއްސަކޮށް ކޮއްކޮއަށް އަމާޒުކޮށް، އަދި އެކަމުގަ ފުލުހުން ބައިވެރިވާ ކަމަށް. ފުލުހުން އެކަމަށް އިންކާރުކުރޭ، އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން މަނިކުފާނަށް އިނގޭ މައުލޫމާތެއް ހިއްސާކުރެވިދާނެތޯ؟ އަދި މަނިކުފާނު އެހެން ވިދާޅުވީ ކީއްވެތޯ؟" އެވެ

އެ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، އެއީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކަށް ވުމުން އެމައުލޫމާތުތައް ދެވެން ނެތް ކަމަަށާއި، އެނގޭ މައުލޫމާތެއްނަމަ ފުލުހުންނާއި ހިއްސާކޮށްފަވާނެ ކަމަށެވެ.

" 43 މީހުންނާ ގުޅޭ ފޮޓޯ އުފައްދާ އަދި ފޮޓޯ ނަނގާ މިކަންކަން ކޮށްފައިވާ މީހުން ނުވަތަ ތުހުމަތުކުރެވޭ މީހުންގެ އަޅުގަނޑަށް އެނގިފައިވާ މައުލޫމާތެއް ވެއްޖެޔާ ވާނީ ފުލުހުންނަށް އެ މައުލޫމާތު ދީފަ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ފުލުހުން އެ ތަހުގީގުތައް މިހާރު ހިންގަމުންދިޔަ ނަމަވެސް އެކާމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައި ނުވާތީ، އެކަމުގައި އެއްޗެއް ބުނަން އެމަނިކުފާނުވެސް ބޭނުން ނުވާކަމަށެވެ. 

ވީޑިއޯގައި ފެންނަނީ ބިދޭސީ ފިރިހެނަކާއެކު ނާޒިމް ކަމަށް ބުނާ މީހަކު އެންޖިންސުން ގުޅުން ހިންގަން މަސައްކަތް ކުރާ މަންޒަރެވެ. އެއްޖިންސުން ގުޅުން ހިންގި މައްސަލަ އާއި ގުޅިގެން ނާޒިމް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރި ނަމަވެސް ހައްޔަރުކޮށްފަ އެއް ނުވެ އެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓު ހިފަަހައްޓާފަވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

މި ވީޑިއޯއާއި ގުޅިގެން ނާޒިމް ވަނީ، އެއީ ހަގީގަތެއް ނޫންކަމަށް ވިދާޅުވެ، އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. 

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި ފޮޓޯތައް އާއްމުވެފައިވަނިކޮށް އެމައްސަލަ މިދިޔަ ޖޫން މަހުގެ 27ވަަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއްގެ ގޮތުގައި ބަހުސްކުރަން ހުށަހެޅުމުން އެމައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. 

އެ މައްސަލަ ބޭރުކޮށްލަައްވާ ނަޝީދު އެދުވަހު ވިދާޅުވެފަވަނީ، އެއީ އެކި މީސްމީހުންނަށް ކުރެވޭ ތުހުމަތު ތަކެއް ކަމަށެވެ. އެހެންކަމުން ތުހުމަތެއްގެ މައްޗަށް އަސްލެއް ނެތް ކަމަކަށް މަޖިލީހުގައި ބަހުސް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމަތަކެއް ނޫން ކަމަށްވާތީ، ކުއްލި މައްސަލައިގެ ގޮތުގައި ހުށަހެޅި އެ މައްސަލައަށް ބަހުސް ނުކުރައްވާނެ ކަމަށެވެ. 

70%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް