ads
އައްޑޫއަށް ރާޅުއަރަނީ
ރާއްޖޭގެ ރަށްރަށަށް ވަރަށް ބޮޑަށް އުދައަރަނީ!
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދައަރަން ފަށައިފި އެވެ.

މި މަންޒަރު ފެންނަ ވީޑިއޯތަކެއް ދައުރުވާން ފަށާފައިވާއިރު، ގދ. އަތޮޅުގެ މަޑަވެއްޔާ، ހޯޑެއްދޫ، ރަތަފަންދޫ، ނަޑައްލާ އަށް ދަނީ އުދައަރަމުން ނެވެ.

އަދި ތ. ގާދިއްފުއްޓާއި، ކިނބިދޫ، ލ. މާވަށުގެ އިތުރުން އައްޑޫ ސިޓީ މަރަދޫއަށް ވެސް ދަނީ ވަރަށް ބޮޑަށް އުދަ އަރަމުން ނެވެ. 

ހާއްސަކޮށް އައްޑޫ ސިޓީ މަރަދޫއަށް ވަރަށް ބާރުމިނުގައި އުދަ އަރަމުންދާތަން ފެނެއެވެ. އަދި ގިނަ ރަށްރަށުގައި މިހާރު ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

މީގެ ކުރިންވެސް މޫސުން ގޯސްވާ ދުވަސްވަރު ރާއްޖޭގެ ރަށްރަށަށް އުދައެރިނަމަވެސް މިއަދު އަރަމުންމިދާ އުދައަކީ، ވަރަށް ބޮޑަށް އަަރަމުންދާ އުދައަކަށްވުމުން މިއީ ރާޅުއެރުންގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ. 

މެޓުން އިއްޔެވެސް ވަނީ އެކި ރަށްރަށަށް އުދައަރާނެކަމަށް ލަފާކޮށް އެލާޓުނެރަފަ އެވެ. މެޓުން މިއަދު ސީއެންއެމް އަށް ބުނީ، ގިނަ ރަށްރަށަކުން އުދައަރަމުން އަންނަކަން ރިޕޯޓުކުރަމުން އަންނަ ކަމަށާއި، މިދުވަސްވަރު ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިން މަތިކޮށް އުޅޭތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައެރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ. 

މެޓުން މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު، މޫސުން އާއްމުގޮތެއްގައި ހުރިހާ ހިސާބަކަށްވެސް ގޯސްވާނެ އެވެ. އަދި ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިން ވަނީ 7 ފޫޓަށް އުފުލިފަ އެވެ. 

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައުުގަދަވުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުނެ އެވެ.

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް