ފުލުހުން ބުނީ މި އެކްސިޑެންޓްގެ ހިނގާފައިވަނީ މިއަދު ހެނދުނު 10:20 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ފިއުލް ބައުޒަރަކާއި ސައިކަލެއް ޖެހިގެން ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ސައިކަލް ދުއްވަން އިން އަންހެން މީހާ އަށް އަނިޔާވެފައިވާތީ އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓާ ގުޅޭ އިތުރު މައުލޫމާތު ހޯދައި މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށެވެ.