ads
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގަމުން ގެންދާ ވެލާނާގެ ބިލްޑިންގ
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގައި ބޮޑު ކާމިޔާބީއެއް!
ދައުލަތުގެ މިއަހަރުގެ ބަޖެޓަށް މިހިނގާ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދައުލަތަށް ލިބޭ އާމްދަނީއާއި ކުރާ ހަރަދުތައް އެނގޭ ގޮތަށް ކޮންމެ ހަފްތާ އަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީން ނެރޭ ރިޕޯޓްގައި ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މުއްދަތުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް 20 ޕަސެންޓް ދަށްކޮށް 772.7 މިލިއަން ރުފިޔާ ވަނީ ސަލާމަތް ކުރެވިފަ އެވެ.

ދައުލަތަށް މިހިނގާ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ 713.3 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ދައުލަތަށް ލިބުނު އާމްދަނީ ދަށްވީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމުން ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. 

މިއަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 78.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު ލޯނުތައް އަނބުރާ ދައްކަން 108.7 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 130.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ސަރުކާރުގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ހާމަވެފައި މިވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ވަގުތެއްގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް