ads
އދ.ފެންފުށި..
ފެންފުށިން ހާލު ސީރިއަސްވި ޒުވާނާ މަރުވެއްޖެ
އދ. ފެންފުށިން މިއަދު ހަވީރު ގެއްލިގެން އުޅުނިކޮށް ފެނުނު 23 އަހަރުގެ ޒުވާނާ މަރުވެއްޖެ އެވެ.

އދ. ފެންފުށީގައި ހުޅަނގު ތުނޑި ސަރަހައްދުގައި އުޅެނިކޮށް އެރި ރާޅާއެކު ދެ ޒުވާނަކު މިއަދު ވަނީ ގެއްލިފަ އެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތަނުން އެކަކު ވަނީ ފެނިފަ އެވެ. ދެވަނަ މީހާ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިރޭގެ ވަގުތެއްގަ އެވެ. 

ފެންފުށިން މިއަދު ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކީ އެރަށަށް ނިސްބަތްވާ 19 އަހަރުގެ ހައިޝަމް އިބްރާހިމް އެވެ. އޭނާގެ ހާލު ރަނގަޅެވެ. އަދި އިތުރު ފަރުވާއަށް އޭނާ މަހިބަދޫއަށް ވަނީ ފޮނުވާލާފަ އެވެ. 

ދެވަނަ މީހަކީ ތ.ދިޔަމިގިލީ 23 އަހަރުގެ ޒުވާނެކެވެ. ދިޔަމިގިލި އަށް ނިސްބަތްވާމީހާ މަރުވެފަ ވާކަމަށް ކައުންސިލުން އަދި ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ފެންފުށީ ކައުންސިލްގެ ރައީސް އަހުމަދު އަބުދުއް ސަކޫރު ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔައީ ދިޔަމިގިއްޔަށް ނިސްބަތްވާ ޒުވާނާ ކަމަށާއި، އޭނާ ފެނިފައިވަނީ ފެންފުއްޓާއި ދިމާލު ފަޅުތެރެއިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

މަރުވި ދިޔަމިގިއްޔަށް ނިސްބަތްވާ ޒުވާނާއަކީ ޗުއްޓީ ހޭދަކޮށްލުމަށް ފެންފުށްޓަށް ދިޔަ ޒުވާނެއް ކަމަށް ކައުންސިލުން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް