ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެގައުމުގެ އިގްތިސާދަށް އެއްވެސް ބަދަލެއް ނާދެ އެވެ.
ޖީޑީޕީ އަދި ހިދުމަތާއި މުދަލުގެ އުފެއްދުންތެރިކަން ހުރީ އޭގެ ކުރީ ކުއާޓާއާ އެއް ވަރެއްގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އިގްތިސާދަށް ބަދަލެއް އައިސްފައި ނުވަނީ އެކްސްޕޯޓް ދަށްވުމުންނެވެ.
ޖަރުމަނަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން އެކްސްޕޯޓް ކުރާ ގައުމެވެ. އެހެންކަމުން، އެމެރިކާ އާއި ޗައިނާގެ އެކްސްޕޯޓް އިތުރުވުމާއެކު އޭގެ އަސަރު ޖަރުމަނަށް ކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;