ads
މިއަދު ބާއްވާ ޑަބްލިއޫޑީސީގެ ވޯޓުލުމުގެ ތެރެއިން ށ.ކޮމަންޑޫގައި ވޯޓުލުން ކުރިއަށްދަނީ
4 ރަށެއްގައި ޑަބްލިއޫޑީސީގެ 5 ގޮނޑިއެއްގެ ވޯޓުލުން ކުރިއަށް
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއޫޑީސީ)ގެ ފަސް ގޮނޑިއަކަށް ވާދަކުރުމަށް ބާއްވާ ބައި-އިލެކްޝަން އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް ގެންދާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިއަދު ކުރިއަށްދަނީ ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ކަމަށެވެ. 

ފުއާދު ވިދާޅުވީ ވޯޓުލުން މިރަށްރަށުގައި ފަށާފައިވަނީ މިއަދު ހެނދުނު 08:00 އިން ފެށިގެން ކަމަށާއި، ހަވީރު 16:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ މި ދާއިރާތަކުގެ ވޯޓު ފޮށިތައް މާލޭގައިވެސް ހުންނާނެ ކަމަށެވެ. 

ކޮމަންޑޫގައި ކުރިއަށްދަނީ ޑަބްލިއޫޑީސީގެ ދެ މެންބަރުން އިންތިހާބު ކުރުމެވެ. ޅައިމަގާއި، ތުލުސްދޫ އަދި ތޮއްޑޫގައި ބާއްވަނީ ޑަބްލިއުޑީސީގެ ހުސްވެފައިވާ އެންމެ މަގާމެއްގެ ވޯޓުލުމެވެ. 

މިއަދު ބާއްވަން ހަމަޖެހިފައިވާ ހއ. ވަށަފަރު ޑަބްލިއޫ ޑީސީގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތި ލާފައިވަނީ އެންމެ ފަރާތެއްކަމުން އޮޓަމެޓިކުން ވަނީ އެގޮނޑިއަށް ކުރިމަތިލެއްވި ފަރާތް ހޮވިފަ އެވެ. އެރަށުގައި ވޯޓުލުމެއް ބާއްވާފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. ވަށަފަރުން ހޮވިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. 

ފުއާދު ވިދާޅުވީ މިއަދުގެ ވޯޓުލުން ފަށައިގެން ކުރިއަށްދާއިރު އަދި މިހާތަނަށް އެއްވެސް ފަރާތެއްގެ ޝަކުވާއެއް ހުށަހެޅިފައި ނުވާ ކަމަށެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް