މިރޭ ހައްޖުވެރިންގެ ފްލައިޓް ފުރަން ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 23:30 ގައެވެ. ސައުދީ އެއާލައިންއިން ހައްޖުވެރިންގެ ދަތުރު ހަމަޖެހިފައިވާއިރު މިރޭ 115 ހައްޖާޖީން ފުރުމަށްވަނީ ހަމަޖެހިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ހައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން މިރޭވެސް ހައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހުރިހާ ބަހެއްގެ ދަތުރުވެސް މިރޭ ފަށާނީ ރޭގަނޑު ހަތެއްގަ އެވެ.
ހައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުން ޓްރެފިކް ބަލަހައްޓާނެ އެވެ. ހައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން ދާނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.
ހައްޖުވެރިން ފުރުވަން ދާ އާއިލާ ފަރާތްތަކާއި ގާތްމީހުންނަށް ފަސޭހައިން އަނބުރާ އައުމަށް ހުޅުލޭ ޕާކިން އޭރިއާގައި 20:00 އިން 21:30 އަށް ބަސްދަތުރުތައް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.
ހައްޖުވެރިން އެއަޕޯޓަށް ގެންދިއުމަށް، މާލޭގެ ބަސްތަކުގެ ދަތުރުތައް އޮންނަގޮތް
މާލެއިން
ހުޅުމާލެ ފޭސް 1
ހުޅުމާލެ ފޭސް 2