ads
އާރުސީސީން ހުޅުމާލޭގައި އިމާރާތްކުރި މިސްކިތް ހުޅުވައިދެއްވަނީ..
މިސްކިތް ރީތި ވިޔަސް އަޅުކަން ނުކުރާނަމަ އެއީ މިސްކިތް ގޮތުގައި ފާހަގަ ނުވާނެ: މިނިސްޓަރު
މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރި ކަމުގައިވިނަމަވެސް އަޅުކަމުން ޒީނަތްތެރި ނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި ފާހަގަ ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ބިނާކޮށްފައިވާ ”މަސްޖިދު ރަޝީދު” ހުޅުވަން، މިރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހަކު ނިޔާވުމަށްފަހު ދެމިގެންދާނެ ގޮތަކަށް ދަރުމަޔާއި ސަވާބު ލިބޭނެކަމެއްވުން އެއީ ކޮންމެ މީހެއްގެވެސް އުންމީދެއްކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިއަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި އެތަނެއް ފާހަގަނުވާނެކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު އަލަށް މި ހުޅުވުނު މިސްކިތުގައި ނަމާދުކުރުމަށް އެދިވަޑައިގެންނެވި އެވެ.

އާރުސީސީން ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން މިސްކިތެއް ބިނާކޮށްދެއްވީތީ މިނިސްޓަރު ވަނީ އެ ކުންފުނީގެ އެންމެހައި ފަރާތްތަކަށްވެސް ވަރަށް ބޮޑު ޝުކުރެއް އަދާކުރައްވާފަ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް