ads
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ
ހުޅުމާލޭގައި އިމާރާތްކުރި "މަސްޖިދު ރަޝީދު" ރައީސް ހުޅުވައިދެއްވައިފި
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ މިސްކިތް،"މަސްޖިދު ރަޝީދު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައިދެއްވައިފި އެވެ

މި މިސްކިތް ބިނާކޮށްފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އިން ނެވެ.

މި މިސްކިތް ހުޅުވުމާއިއެކު އެ އެސަރަހައްދުގައިހުރި ވަގުތީ މިސްކިތް ” މަސްޖިދުލް ފިތުޔަ” ވަނީ ބަންދުކޮށްފަ އެވެ.

މަސްޖިދު ރަޝީދު" އަކީ އަލް މަރްޙޫމް ޢަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ އަންހެނުންނަށް ވަކިން ނަމާދުކުރޭގޮތަށް އިންތިޒާމު ހަމަޖައްސާފައިވާ މިސްކިތެކެވެ. 

މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މިސްކިތް ބައްލަވާލައްވާފަ އެވެ. އަދި މިރޭގެ އިޝާނަމާދު ޖަމާއަތުގައި ވަނީ ކޮށްފަ އެވެ. 

މި ރަސްމިއްޔާތުގައި އާރުސީސީން ވަނީ މި މިސްކިތުގެ މޮޑެލް އެއް ރައީސުލް ޖުމްހޫރިއްޔާ އަށް ހަދިޔާކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި، އާރުސީސީގެ އިސް ވެރިން ވެސް ބައިވެރިވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް