ads
އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން ލޯންޗުކުރުމުގެ ހަފްލާ-- ފޮޓޯ: އެންޒީ
އެންޒީއިން އެންމެ މަސްދަޅެއް ގަނެގެން ބޮޑެތި ފައިސާގެ އިނާމުތަކެއް!
އެންމެ މަސްދަޅެއް ގަނެގެން އަގުހުރި އިނާމުތަކާއި ބޮޑެތި ފައިސާގެ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ވަރުގަދަ ޕްރޮމޯޝަނެއް އެންޒީއިން ފަށައިފި އެވެ.

"އެންޒީ ވަރަށް ފައްކާ" ޕްރޮމޯޝަން ކުރިއަށް ދާނީ ފެބްރުއަރީ 15 އިން ފެށިގެން ޖުލައި 31 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ތަފާތު އެކި އިނާމުތައް ވަނީ ހުށަހަޅާފަ އެވެ. 

އެގޮތުން އެންޒީ މަސްދަޅެއް ގަތުމަށް ފަހު، ދަޅުގެ ލޭބަލް ދަށުގައިވާ ޔުނީކް ސީރިއަލް ނަމްބަރު ދިރާގު އަދި އުރީދޫ ކަސްޓަމަރުން ވެސް 5040 އަށް އެސްއެމްއެސް ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. 

ދިވެހި އުފެއްދުންތަކަށް ހާއްސަ ސަމާލުކަމެއް ދޭ އެންޒީ ކުންފުނިން ބުނީ މި ޕްރޮމޯޝަނުގެ މަގްސަދަކީ އެންސިސް ފިޝަރީޒްގެ ރާއްޖެ ފެކްޓްރީގައި ތައްޔާރުކޮށް، ބަންދުކޮށްފައިވާ މަސްދަޅުތަކުގެ އަޖުމަ ބެލުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުޅޭ މީހުންނަށް ފޯރުކޮށްދިނުން ކަމަށެވެ. 

your imageބުރުޒު މަގާއި ނިކަގަސް ހިނގުން ގުޅޭ ކަންމަތީގައި ހުޅުވި އެންޒީގެ އާ ފިހާރަ--

މި ޕްރޮމޯޝަނުގެ ތެރޭގައި އެންޒީގެ އުފެއްދުންތަކަށް ހާއްސަ އަގުތަކެއް ތައާރަފުކޮށްފައި ވާއިރު، ތަކެތި ގަންނަ ކަސްޓަމަރުންގެ ތެރެއިން ކޮންމެ މަހަކު އެއްވަނަ، ދެވަނަ އަދި ތިންވަނަ ގުރުއަތުން ހޮވުމަށް ފަހު ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. 

އެގޮތުން އެއްވަނަ އިނާމަކަށް 10،000 ރުފިޔާ، ދެވަނަ އިނާމަކަށް 5000 ރުފިޔާ އަދި ތިންވަނަ އިނާމަކަށް 1000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ. ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ މަހަކު ވެސް މި އިނާމުތައް ދޭނެ އެވެ.

ޕްރޮމޯޝަން ނިމުމާއެކު އަންނަ އޯގަސްޓު މަހުގެ ތެރޭގައި ގްރޭންޑް ލަކީޑްރޯ އޮންނާނެ އެވެ. ސީރިއަލް ނަމްބަރު އެސްއެމްއެސް ކުރި ފަރާތްތަކުގެ މެދުގައި ނަގާ މި ގުރުއަތުލުމުގައި ތިން އިނާމެއް ލިބޭނެ އެވެ. 

އެއީ އެއްވަނަ ފަރާތަކަށް 100،000 ރުފިޔާ، ދެވަނަ ފަރާތަކަށް 50،000 ރުފިޔާ އަދި ތިންވަނަ ފަރާތަކަށް 30،000 ރުފިޔާ އެވެ. 

އޭގެ އިތުރުން ލޭބަލްގެ ފަހަތުގައި ދެ މަސްދަޅު އައިކަން ދިމާވެއްޖެ ނަމަ، ލޭބަލް ހިފައިގެން އެންޒީގެ ފިހާރައަކަށް ދިޔުމުން ވަގުތުން ލިބޭ އިނާމެއްގެ ގޮތުގައި ހިލޭ ދެ މަސްދަޅު ލިބޭނެ ކަމަށް އެންޒީން ބުނެ އެވެ. 

ރާއްޖޭގައި މަސް ކުންފުންޏަކުން ހިންގާ އެންމެ ބޮޑު މި ޕްރޮމޯޝަނުގެ އިތުރު މައުލޫމާތު އަދި ލަކީޑްރޯ ނެގޭނެ ތާރީހު އެންޒީގެ ފޭސްބުކް ޕޭޖުން ބަލާލެވޭނެ އެވެ. 

your imageރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި އެންޒީގެ ޖެނެރަލް މެނޭޖަރު ހުސެން އަރީފް--

ހުކުރު ދުވަހުގެ ރޭ މި ޕްރޮމޯޝަން ލޯންޗުކޮށްފައި ވަނީ ބުރުޒުމަގުގައި ހުޅުވި އެންޒީގެ އާ ފިހާރައިގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް