ads
ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވި ނަދީމް
ނަދީމުގެ މަރު: ގާޒީ ސަލާމުގައި، ހުކުމް އިއްވުން ފަސްކޮށްފި
މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދާ ވަޅިން ހަމަލާދީ މަރާލި، ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އިބްރާހިމް މަރުގެ މައްސަލާގެ ހުކުމް އިއްވަން މިއަދަށް ތާވަލުކުރުމަށްފަހު، ކެންސަލް ކޮށްފި އެވެ.

މިމައްސަލާގެ ހުކުމް އިއްވަން އެންމެ ފުރަތަމަ ނިންމީ މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު އެވެ. ނަމަވެސް އެދުވަސްވެސް ހުކުމް އިއްވުމުގެ ޝަރީއަތް ބާއްވާފައެއް ނުވެ އެވެ. 

އޭގެފަހުން ހުކުމް އިއްވަން މިއަދަށް އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް އެ އަޑުއެހުންވެސް މިއަދު ވަނީ ކެންސަލްކޮށްފަ އެެވެ. ކްރިމިނަލް ކޯޓުން ބުނީ ކެންސަލްކުރީ މައްސަލަ ބައްލަވާ ގާޒީ ސަލާމުގައި ހުންނެވުމުން ކަމަށެވެ.

މިއަދުވެސް ހުކުމް އިއްވުން ކެންސަލް ކުރެވިގެންދިޔައިރު، ނަދީމުގެ މަރަށް މިހާރު ވަނީ ހަތަރު އަހަރުވެފަ އެވެ. އުމުރުން 23 އަހަރުގެ ނަދީމް މަރުވެފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭތެރޭގައި އިންދައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން ނެވެ.

ދައުލަތުން ދައުވާކޮށްފަ ވަނީ

  1. ގ. ޝާރާޒް މުހައްމަދު މަފާޒް : ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ
  2. ލ. ގަން ވިދާތަރި، އަލީ ނިފާޒް : ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ
  3. ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީން : ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ
  4. ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލް : ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ

your imageނަދީމުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހުން---

އެ ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ހަތަރު އަހަރުވީއިރު، ހުކުމް ކުރުން ލަސްވެފައިވާ މިމައްސަލާގެ ޝަރީއަތްތައް ކުރިއަށް ދިޔައިރު ހެކިންނަށް ބިރު ދެއްކިކަމުގެ އިންޓެލިޖެންސް މައުލޫމާތުތައް ލިބިފައިވާ ކަމަށް އޭރު ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. 

އެގޮތުން ވަޅި ހިފައިގެން ކެފޭތެރެއަށް ވަދެ ހަމަލާދިނީ މަފާޒު ކަމަށް ދެ ހެއްކަކު ތަހުގީގުގައި ވެސް އަދި ކޯޓުގައި ވެސް ހެކި ބަސް ދިނުމަށްފަހު، ފަހުން ކޯޓަށް ފޮނުވި ސިޓީއެއްގައި ވަނީ ނަދީމަށް މަފާޒް ހަމަލާދިން ކަމަށް ބުނެވުނީ ޔަގީން ކަމެއް ނެތި ކަމަށް ބުނެ، އެ ހެކިބަސް ދޮގު ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް