ads
ފޮޓޯ: ރައީސް އޮފީސް
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެ ކަނބަލުން މިއަދު ފުރާވަޑައިގަންނަވައިފި
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައީދީ އަރަބިއްޔާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން މައުލުމާތު ދޭ ގޮތުގައި ރައީސްގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާން، މުހައްމަދު މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވީ، ރައީސް ސޯލިހުގެ ދެ ކަނބަލުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގަންވަނީ، އެގައުމުގެ ރައީސް ދެއްވި ދައުވަތަކަށް ކަމަށާއި، މި ދަތުރުގައި ރައީސްގެ ދެކަނބަލުން ފިޔަވާ އިތުރު ބަޔަކު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. 

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރައިސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންވަނީ، ހައްޖު ޑެލިގޭޝަން ގޮތުގައި ނޫން ކަމަށާއި، ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ، އަމިއްލަ ގޮތުން ކަމަށެވެ. 

ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. ބާކީ 100 ކޯޓާއަށް އާންމުކޮށް ވަނީ ހުޅުވާލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް