ads
ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނެގުން --
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަނީ!
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ މިދިޔަ ހަފްތާގެ ހިސާބުތަކަށް ބަލާއިރު، އަލަށް ރާއްޖެއިން މި ބައްޔަށް، 1134 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. 

އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި 391 މީހަކާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 297 މީހެއްގެ އިތުރުން އެހެނިހެން ސަރަހައްދުތަކުން ބައްޔަށް ޕޮޒިޓިވްވި 446 މީހެކެވެ. 

މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި މަހުގެ ދެ ވަނަ ދުވަހާއި، ހަމައަށް ކޮވިޑް-19 ގެ ސަބަބުން 54 މީހަކު ހޮސްޕިޓަލްގައި އެޑުމިޓު ކުރަންޖެހުނު ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. 

ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 306 މީގަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް ޖުމްލަ 182،720 މީހަކަށް ކޮވިޑް-19 ވަނީ ޖެހިފައި ކަމަށްވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

ފަހަކަށް އައިސް ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވަމުން އަންނަ އިރު، ފާއިތުވެދިޔަ ދެ ހަފްތާ ތެރޭ ރާއްޖެއިން ވަނީ ގިނަ އަދަދެއްގެ މީހުން ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް