ads
ރައީސުލްޖުމްހޫރިއްޔާ، ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސަރޗް ގްރޫޕާއި ބައްދަލުކުރެއްވުން
ޓީޗަރުން ލިބުން ދަތިވަނީ މުސާރަ ކުޑަވެ މަސައްކަތް ބުރަވުމުން: ދިރާސާ ރިޕޯޓް
ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރެއްވުމަށްޓަކައި އުފެއްދެވި ރިސަރޗް ގްރޫޕުން އެކުލަވާލެއްވި ރިޕޯޓު "އެދުރުންގެ ފަންނު: ގޮންޖެހުންތަކާއި ހުށަހެޅުންތައް" ޝާއިއު ކޮށްފިއެވެ.

މި ރިސާޗް ގުރޫޕަކީ 2019 ވަނަ އަހަރު ޓީޗަރުން ލިބުމުގެ ދަތިކަމާއި ސުކޫލް ތަކުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އުފެެއްދެވި ހަމެންބަރުންގެ މައްޗަށް އެކުލެވޭ ރިސާޗް ގްރޫޕެކެވެ. 

މި ދިރާސާގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމާއި، މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތުގެ ހާލަތު ދެނެގަތުމެވެ.  

އަދި ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުން މި ފަންނުގައި ދެމިތިބެ އަދި ކުރިއަށްދިއުމަށް ދަތިވެފައިވާ ސަބަބުތައް ދެނެގަތުމާއި، ދިރާސާގެ އަލީގައި މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ހުށަހެޅުންތަކެއް ހުށަހެޅުން ކަމަށެވެ. 

ދިރާސާއިން ދައްކާގޮތުން ތައުލީމީ ދާއިރާއަށް އެކަށީގެންވާ ރަގަޅު ފެންވަރުގެ ޓީޗަރުންނާއި މުއައްޒަފުން ނުލިބެނީ މުސާރަ ކުޑަވުމުންނާއި، ޓީޗަރުންގެ މަސައްކަތުގެ މާހައުލުގައި ބުރަ ކަމާއި، ގޮންޖެހުންތަކުގެ ސަބަބުން ކަަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

ރައީސް ސޯލިހު ވަނީ މިދިޔަ މާޗް މަހުގެ ނުވަ ވަނަ ދުވަހު ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމައި އެކަން އިއުލާނުވެސް ކޮށްފަ އެވެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ އަށް މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީން ބަދަލުތަކެއް ގެނެސް ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެވެސް މުސާރަ ބޮޑުކޮށްދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް