ads
އަލީ ރަމީޒް.. ވެރިކަމަށް އައުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވި
ގިނަ ބަޔަކު ބޭނުންވޭ ވެރިކަމަށް އައުމަށް، އެކަމަކު އެކަހަލަ ވިސްނުމެއް ނެތް: އަލީ ރަމީޒް
ރާއްޖޭގެ ވެރިކަމަށް އައުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށާއި ނަމަވެސް އެފަދަ ވިސްނުމެއް އަދި ނެތްކަމަށް ޖަމިއްޔަތުއް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒް ބުނެފި އެވެ.
Advertisement

ޖަމިއްޔަތުއް ސަލަފުން އިސްނަގައިގެން "އަލީ ރަމީޒާއެކު" ވަނީ ރާއްޖޭގެ ގިނަ ރައްރަށުގައި ދީނީ މައުލޫމާތު ފެތުރުމަށް މަސައްކަތްތަކެއް ފަށާފަ އެވެ. 

ތ.ހިރިލަންދޫގައި ބޭއްވި އަލީރަމީޒާ އެކު ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމުގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ރަމީޒް ބުނީ ރާއްޖޭގެ ވެރިކަމަށް އައުމާއި ސިޔާސީ ދާއިރާއަށް ނުކުތުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. ނަމަވެސް މިވަގުތު އެކަހަލަ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. 

"ރަނގަޅަށް އަޑު އައްސަވާ، ވަކި މީހަކު ވެރިކަމަށް އައިސްގެން ނޫނީ ވެރިކަމުން ފައިބައިގެން އަޅުގަނޑަކަށް ނެތް ގެއްލޭނެ އެެއްޗެއް. އަދި ގެއްލޭނެ ވަޒީފާއެއްވެސް. ވެރިކަމަށް ކުރިމަތިލާނެ ހިޔާލެއް އަދި އެކަހަލަ ވިސްނުމެއްވެސް ނެތް." އަލީ ރަމީޒް ވިދާޅުވި އެވެ.

ހިރިލަންދޫގެ ވަރަށް ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި އަލީ ރަމީޒްގެ ހަޔާތާއި ބެހޭގޮތުން ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު ހިއްސާ ކުރެއްވި އެވެ. އެގޮތުން ލަވަ އާއި މިއުޒިކުގެ ދާއިރާއިން ދުރަށް ޖެހުނު ގޮތާއި، އެކަމުގައި ދިމާވި ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކުރެއްވި އެވެ. 

ޖަމިއްތުއް ސަލަފުން ރާއްޖެތެރޭގައި ބާއްވާ މި ހަރަކާތަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފަ އެވެ. 

އަލީ ރަމީޒް ފާހަގަ ކުރެވިގެންދަނީ އިސްލާމް ދީނާއިބެހޭ ގޮތުން ބޭނުންތެރި މުހިންމު މައުލޫމާތު ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރުދެއްގެ ގޮތުގަ އެވެ.

83%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް