ads
އަދާލަތު ޕާޓީގެ ރައީސް. ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ
އެއްޖިންސުން ގުޅުން ހިންގި މީހުންނަށް ފިޔަވަޅުއަޅަން އަދާލަތުން ގޮވާލައިފި
އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ކުރަމުންދާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަކީ މި ސަރުކާރުގެ ހޯމް މިނިސްޓަރެވެ. މިފަދަ މައްސަލަތައް ތަހުގީގު ކުރަމުންދާ ފުލުހުންގެ އިދާރާ އާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ވެސް ހިންގަމުންދަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. 

އަދާލަތު ޕާޓީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެކަމުގައި ޝާމިލުވާ ފަރާތްތަކާއި މީސްތަކުންގެ މެދުގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެމީހުންގެ މައްޗަށް ޝަރީއަތް ހިންގާ، ދައުވާ ސާބިތުވާ ފަރާތްތަކާއި މެދު އިސްލާމީ ޝަރީއަތުގައި ހައްގު އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ. 

އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ މިފަދަ ކަންކަމުން ގައުމުގެ އިޖުތިމާއީ ފޭރާން ވީދި މީސްތަކުންގެ މެދުގައި މުންކަރާތްތައް އާއްމުވުމަށް މަގުފަހިވާނެ ކަމެއްކަމަށާއި، ފާހިޝް އަމަލުތަކުން ދުރުހެލިވުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށެވެ. 

އަދާލަތު ޕާޓީން މިހެން ބުނެފައިވާއިރު އެތައް ބަޔަކާއިއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ އެތައް ވީޑިއޯ ތަކަކާއި ފޮޓޯ ތަކެއް މީސް މީޑިޔާގައި ވަނީ ދައުރުވާން ފަށާފަ އެވެ. 

މީސް މީޑިޔާގައި ދައުރުވާ ފޮޓޯ އާއި ވީޑިއޯތަކުގައި ރާއްޖޭގެ ސިޔާސީ ހައި ޕްރޮފައިލް މީހުންނާއި ވިޔަފާރިވެރިން ކަމަށް ބުނާ މީހުން ފެނެ އެވެ. މިކަންކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ބަނގުލަދޭޝްގެ އަލަމްގިރި ކުރި ކަމެއްގެ މައްޗަށެވެ. ހުރިހާ ވީޑިއޯ ތަކުންނާއި ފޮޓޯތަކުންވެސް އަލަމްގިރި އާއި އެއްޖިންސުން ގުޅުން ހިންގުމަށް ބޭނުންކުރި ކޮޓަރީގެ މަންޒަރުތައް ފެނެ އެވެ. 

ދިވެހި ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯ ކުރި މައްސަލައިގައި ހިމެނޭ އަލަމްގިރި ވަނީ ތައުބާވެ ދިވެހި ރައްޔިތުން ކިބައިން މާފަށް އެދިފަ އެވެ. އަދި މިކަމަކީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގޭ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. 

ފުލުހުން ދަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގުތައް މިވަގުތު ކުރަމުންނެވެ. އަދި މިހާތަނަށް ފުލުހުން މިކަމުގައި އެއްވެސް މީހަކު ހައްޔަރު ކުރިކަން އެނގިފައެއް ނުވެ އެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް