މިއީ މި އަހަރުގެ މޭ މަހަށް ފަހު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވާން ފެށި ފުރަތަމަ ފަހަރެވެ.
މިއަދު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 99.92 ޑޮލަރަށް ހުރި އިރު މި އަހަރުގެ މޭ މަހުން ފެށިގެން ތެލުގެ އަގު ހުރީ 112 ޑޮލަރަށް ވުރެ މަތީގަ އެވެ.
ތެލުގެ އަގު ހެޔޮވާން ފަށާފައިވާއިރު، ކުރިއަށް ހުރި ދުވަސްތަކުގައި ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށް ހެޔޮވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވާން ފަށާފައިމިވަނީ، ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދު ދަށަށް ދާން ފެށުމުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.