ads
ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން
ޕީޕީއެމް ކައުންސިލަކުން އަމީނީ މަގެއް ނުހެދޭނެ: އަކުރަމް ކަމާލުއްދީން
މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަތުލީ އެ މަގު ރަގަޅު ފެންވަރެއްގައި ހެދުމުގެ ވިސްނުން ސިޓީކައުންސިލްގައި ނެތުމުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވައިގެން 2019 ވަނަ އަހަރު އިފުތިތާހުކުރި ޕްރޮޖެކްޓެއް ކަމަށެވެ.

ޕީޕީއެމްގެ މެޖޯރިޓީއެއް އޮންނަ މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް ރަގަޅު ފެންވަރެއްގައި ކުރިއަށް ނުގެންދާނެކަމަށް ފާހަގަކުރައްވައި އަކުރަމް ވިދާޅުވީ އެ ޕްރޮޖެކްޓަށް ކޮންސެޕްޓް ޕްލޭނެއް ހެދުމަށްފަހު، އެ ޕްލޭން ފައިނަލް ކުރީ އޭރު އޮތް މާލޭ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ލަފައާއި މަޝްވަރާ ވެސް ހޯދައިގެން ކަމަށެވެ. 

އަމީނީ މަގު ޒަމާނީ ފެންވަރެއްގައި ތަރައްގީކޮށް އެ މަގަށް ދިމާވެފައިވާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާއި ހަވާލުކޮށްފަިއވަނީ މިދިޔަ އާދީއްތަ ދުވަހު 84 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް ނިންމަންޖެހެނީ 7 މަސްދުވަހުގެ ތެރޭގަ އެވެ. 

އަމީނީ މަގު ހެދުމާއި ގުޅޭގޮތުން މުއިއްޒު ދެއްކެވި ވާހަކަތަކާއި ގުޅިގެން މޫކޭ ސީއެންއެމްއަށް ވިދާޅުވީ ސިޓީ ކައުންސިލުން ބޭނުންވަނީ އަމީނީ މަުގައި ތުނި ތާރު ފަށަލައެއް އަޅައިގެން މަސައްކަތް ކުރަން ކަމަށެވެ. މޫކޭ ވިދާޅުވީ މިފަދަ ބޮޑު ޕްރޮޖެކްޓެއް އެފަދަ ގޮތަކަށް ކުރިއަށް ގެންދާއިރު އަގަށް ބަދަލުތަކެއްވެސް އަންނާނެ ކަމަށެވެ. 

އާރުޑީސީން ވަނީ މާލޭގެ ޖުމްލަ 15 މަގެއްގައި ތާރު އެޅުމަށް ނިންމާފަ އެވެ. އެ މަގުތަކަކީ އަމީނީ މަގު، ޗާންދަނީ މަގު، ކަނބާ އައިސާ ރަނި ހިނގުން، ޝަހީދު ޢަލީ ހިނގުން، ޢިއްޒުދީން މަގު، ހަނދުވަރީ ހިނގުން، މުރަނގަ މަގު، ހަވީރީ ހިނގުން، މާވެޔޮ މަގު، މުއިވެޔޮ މަގު، ރައްދެބައި ހިނގުން، ލިލީ މަގު، އަލިކިލެގެފާނު މަގު، ލޮނުޒިޔާރަތް މަގު އަދި ސޯސަން މަގެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް