އެ މިނިސްޓްރީން މިއަދު ބުނީ، 1443 ވަނަ އަހަރުގެ އަލްހާ އީދު ނަމާދު ގްރޭޓާ މާލޭ އޭރިއާއިން، މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ކުރުމަށް ހަމަޖެހިފައިވަނީ ބޮޑު ޖަމާއަތުގައި ކަމަށެވެ.
ބޮޑުޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ މާފަންނު ސްޓޭޑިއަމް، ހުޅުމާލެ ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) އަދި ވިލިމާލެ ބޯޅަދަނޑު ގައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ މައުލުމާތު ދީފަ އެވެ.
އީދު ނަމާދަށް އަންނައިރު ސަމާލުކަން ދެއްވަންވީ ކަންތައްތަކުގެ ތެރޭގައި:
އިސްލާމިކް މިނިސްޓްރީން ބުނީ، އީދު ނަމާދަށް އަންނައިރު، މިކަންތައްތަކަށް ސަމާލުކަން ދެއްވުމަށް އެންމެހާ ބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށާއި، ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ އީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށެވެ.