ads
ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ހިންވަރުގައި އަޅާ ހައުސިން ޔުނިޓް ތަކުގެ އެއްބަސްވުމުގައި ސޮއި ކޮށްފި
ޑިޒއިން އެން ބިލްޑް އުސޫލުން ޅ. ހިންނަވަރުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓްތައް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.

ދިވެހި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ހައުސިން ޔުނިޓްތައް އެޅުމަށް ހަވާލުކޮށްފައިވަނީ، ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ. 

ތިންސަތޭކަ ފަސްދޮޅަސް ފަސް ދުވަސްތެރޭ ނިންމާ ގޮތަށް އެ ކުންފުންޏާއި ހަވާލު ކުރި މި މަސައްކަތުގެ އަގަކީ، ޖުމްލަ 83،807،840 ރުފިޔާ އެވެ. 

ޕެލޭނިން މިނިސްޓްރީގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމް އެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ، އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫން އެވެ. 

މި މަޝްރޫއުގެ ދަށުން 700 އަކަފޫޓުގެ ދެ ބުރީގެ 50 ރޯ ހައުސް އާއި، 1000 އަކަފޫޓުގެ އެއް ބުރީގެ 50 ހައުސިން ޔުނިޓް އެޅުމަށްވަނީ ހަމަޖެހިފަ އެވެ. މިއިން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރިއާއި، ތިން ފާނާނާގެ އިތުރުން ސިޓިން ރޫމަކީ، ބަދިގެ އަކާއި، ކާގެ އަކާއި، ލޯންޑަރީ ބައެއްގެ އިތުރުން ސްޓޯ ރޫމެއް ހިމެނެ އެވެ. 

މީގެ އިތުރުން މަޝްރޫއުގެ ދަށުން، އިމާރާތުގެ ވަށާފާރާއި، ހައުސިން ޔިނިޓް ތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ހިތްފަސޭހަ މައިޒާނަކާއި، ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ގާއިމް ކުރުމަށްވަނީ ހަމަޖެހިފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް