ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު..
އެސްޓިއޯގައި މައްސަލައެއް ނެތް، ސިޔާސީ މަންފާ އަށް އޮޅޭގޮތައް ވާހަކަ ނުފަތުރުއްވާ: އަމްރު
ސްޓޭޓް ޓެރޭޑިން އޯގަނައިޒޭޝަން (އެސްޓިއޯ) ގައި މިވަގުތު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މައުލޫމާތު ފަތުރުއްވާއިރު ނޫސްވެރިން ރަށްޔިތުންނަށް އޮޅޭނެހެން މައުލޫމާތު ނުފެތުރުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ގޮވާލައްވައިފި އެވެ.
Advertisement

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެސްޓިއޯ ގުޅިގެން އިއްޔެ ވަނީ ފްލައިޓްތަކަށް ތެޔޮ ވިއްކާވަރު ކޮންޓްރޯލްކުރުމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. 

މި ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އެސްޓިއޯ އާއި އެމްއޭސީއެލް އިންވެސް ފާހަގަކޮށްފައިވަނީ ޖެޓް ފިއުލް ކޮންޓްރޯލް ކުރުމަށް މެދުވެރިވި ސަބަބުތަކުގެ ވާހަކަ އެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ދުނިޔެ އަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާތަކުގެ ސަބަބުން ތެޔޮ ރާއްޖެއަށް ސަޕްލައި ކުރުމުގައި ހުރި ގޮންޖެހުން ތަކުގެ ވާހަކަ ފާހަގަ ކުރެއްވި އެވެ. 

މި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ މިފަދަ އިގްތިސާދާއި ގުޅޭ މައްސަލަ ތަކުގެ ވާހަކަތައް ގެނެސްދޭއިރު ވަރަށް ބޮޑަށް މައުލޫމާތު ސާފުކުރެއްވުމަށް އެންމެހާ ފަރާތްތަކަށްވެސް ދަންނަވާ ކަމަށެވެ. 

"އެއްވެސް އިރަކު އެސްޓިއޯގަ މައްސަލައެއް އުޅިގެނެއް ނޫން މިކަހަލަ ކަންތައް މި ދިމާވަނީކީ. މީގެ ކުރިންވެސް ހަމަ ދޭތެރެއަކުން އެބަ ދިމާވޭ ޝެޑިއުލިންގަ އިޝޫސްތައް."

އަމްރު ވިދާޅުވީ މިފަދަ މައުލޫމާތު ރައްޔިތުންނަށް އޮޅޭގޮތަށް ފެތުރުމުން އެކަމުގެ އަސަރު ކުރަނީ ހަމައެކަނި ވަކި ފަރުދަކަށް ނޫން ކަމަށާއި، އެކަމުގެ އަސަރު މުޅި ގައުމަށްވެސް ކުރާނެ ކަމަށެވެ. 

"ހަމައެކަނި އަޅުގަނޑާ ދިމާލަށް ދެއްކޭ ވާހަކައެއްނޫން އެއީކީ. އަދި އެހެން މީހަކާވެސް ދެއްކޭ ވާހަކަ އެއްނޫން އެއީކީ. އެސްޓިއޯ އާ ދިމާލަށް އެބުނަނީ، އެއީ އިންސްޓިޓިއުޝަނެއް ސަރުކާރާ ދިމާލަށް މި ބުނެވެނީ އެހެންވީމާ މިހާރު ލަންކާއަށްވެސް އަދި މުޅި ދުނިޔެ އަށްވެސް މި ދިމާވެފައި އޮތް ކަންތައްތަކާއިހެދި ވަރަށް ބައިވަރު ފައިނޭންޝަލް އިންސްޓިޓިއުޓުތަކުން ކިރިޔާވެސް އެކަހަލަ ވާހަކައެއް ދައްކައިފި ކަމަށްވަންޏާ ވަރަށް ބޮޑުކޮށް އެ ބޭފުޅުން އޭތި ނަންގަވާ." އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ މިފަދަ މައުލޫމާތު ބައެއް ފަރާތްތަކުން ހާމަކުރަނީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށްވާނަމަ އެކަން ހުއްޓާލުމަށް އެދޭ ކަމަށެވެ. 

"ބައެއް ފަރާތްތަކުން މިކަމުގަ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ތެރޭގަ ބިރުވެރިކަން އުފެއްދުމަށްޓަކައި ވަރަށް ވަރަށް ބޮޑަށް މަސައްކަތް އެބަކުރޭ. މީކީ ސިޔާސީ ގޮތުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ތި ކުރައްވަނީކީ އިނގޭތޯ."

އެމްއޭސީއެލް އާއި އެސްޓިއޯ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވީ އެއާލައިންތަކަށް ވިއްކާ ފިއުލްގެ ރޭޓު މި ވަގުތަށް ކޮންޓްރޯލް ކުރަން ޖެހުނު ނަމަވެސް ކޮންމެ އެއާލައިނަކުން ވެސް ދަތުރު ކުރަން ބޭނުންވާ މަންޒިލަށް ދެވޭ ވަރަށް ތެޔޮ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. 

ޝުޖާއު ވިދާޅުވީ ތެޔޮ ނުލިބިގެން އެއާލައިންތަކުގެ އޮޕަރޭޝަނަށް އެއްވެސް ބުރޫ ނާރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް